ads
ލ. މާމެންދޫ ބިންބިމާގޭ އިސްމާއިލް ޒާހިދު.
ލާމަސީލު ޒާހިދު، މާމެންދޫގައި ހުރި ޖަވާހިރެއް!
ދޯނި ބަނުގައި މުޅި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވާ ލ. މާމެންދޫ ބިންބިމާގޭ އިސްމާއިލް ޒާހިދު އޭނާ އެ މަސައްކަތް ފަށައިގެން ގޮތް ކިޔައިދެމުން ބުނީ އޭނާ އަކީ ތުއްތުއިރު އުފެދުނު ޝައުގުވެރިކާއެކު، އުމުރުން 13 އަހަރުން ފެށިގެންވެސް ދޯނި ބަނުމުގެ މަސައްކަތް ފެށި މީހެއް ކަމަށާއި، އަދިވެސް އޭރު ކުރަންފެށި މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ.

your imageލ. މާމެންދޫ ބިންބިމާގޭ އިސްމާއިލް ޒާހިދު.....

"ހަދާންވޭ އެންމެ ކުޑައިރު، އޭރުވާނީ ހަ އަހަރު، ދޯނި ތެރެ ސާފް ކުރަން ހުއްޓާ ހިތާނު ކުރަން ގެންދިޔަ ހަނދާން. އެއީ އެންމެ ކުޑައިރުގެ ހަނދާން." ލ. މާމެންދޫ އިސްމާއިލް ޒާހިދު ބުންޏެވެ.

ޒާހިދުގެ ކުޑައިރުގެ ހަދާން އާ ކުރަމުން ބުނީ، އޭރު ހިތުގައި އުފެދުނު ޝައުގާއެކު ކުރި މަސައްކަތުން އެންމެ ބޭނުންވާ ހިސާބަށް ދެވިއްޖެ ކަމަށެވެ. މާމެންދޫ އަދި ރާއްޖޭގެ އެކި ހިސާބުތަކުން އޭނާ ދަންނަ އެންމެން ސިއްސުވާލާފައިވާ ޒާހިދު ގެ ކުޑައިރުގެ ހަނދާން އާވީ ސީއެންއެމްއަށް ދެއްވި އިންޓަވިއުއާއި އެކުގަ ކަމަށް ޒާހިދު ބުންޏެވެ.

އޭނާގެ ތަޖުރިބާ ތަކާއި، ކުރިމަގު ކޮށައިގެން ގޮތް ކިޔައިދެމުން ޒާހިދުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލައެވެ. ޒާހިދު ވަނީ އޭނާގެ މަސައްކަތުން މުޅި މާމެންދޫ ބަދަލު ކޮށްލާފައެވެ.

your imageޒާހިދު ބަނދެފައިވާ ދޯންޏެއް....

ޒާހިދު ކުޑައިރުއްސުރެ ފެށި މަސައްކަތް ފުޅާވެ ވިޔަފާރިއަކަށް ބަދަލު ކުރިއެވެ. އަދި ހިތްވަރާއި އެކު ކުރަމުން ދިޔަ މަސައްކަތް ކުރީ އުއްމީދާއި ޔަގީން ކަމާއެކުގައި ކަމަށް ޒާހިދު ބުންޏެވެ. ޒާހިދު ބުނީ އޭނާގެ ވިޔަފާރީގައި ވަރަށް ބޮޑު ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. ޒާހިދު ބުނީ އޭނާގެ މަސައްކަތުގެ ތެރޭގައި ދޯނި ބަނުމާއި ރަށުގައި ޕެޓްރޯލާއި ތެޔޮ އަދި އައިސް ލިބޭނެ ވަސީލަތްތައްވެސް ގާއިމު ކޮށްފައިވާ ކަމަށެވެ. އަދި މާމެންދޫގައި ފުރަތަމަ ފަހަރަށް ކުކުޅު ފާމެއްވެސް ގެންގުޅެ އޭގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.

your imageޒާހިދު ގެންގުޅުނު ކުކުޅު ތަކުގެ ފޮޓޯ......

"ކުކުޅު ފާމް ހަދައިގެން އުޅުނުއިރު ކޮންމެ 40 ދުވަހަކުން 700 ކުކުޅު ނެރޭ ވަރު ކުރަން. ކުކުޅަށް ކާންދީ އުޅުނީ ގުދުރަތީ ވަސީލަތް ތަކުން ތައްޔާރު ކުރާ ޖޫސްފަދަ ތަކެތި އަމިއްލަ އަށް ތައްޔާރު ކޮށްގެން." ޒާހިދު އޭނާގެ ކުކުޅުތައް ގެންގުޅުނު ގޮތް ކިޔައިދެމުން ބުންޏެވެ.

your imageޒާހިދު ކުކުޅު ފާމުން މާރކެޓަށް ނެރުނު ބިސްތަކެއް....

ޒާހިދުގެ މަސައްކަތަކީ މުޅި މާމެންދޫ އާއި، ރާއްޖޭގައި އެކި ހިސާބުތަކުން ފެންނަ އަދި ފާހަގަކޮށްލެވޭ މަސައްކަތް ތަކެކެއެވެ.  ޒާހިދުގެ މަސައްކަތްތެރި ކަމާއި، ހުނަރާއި ގާބިލް ކަން އަދި ފަންނުވެރި މަސައްކަތް މާމެންދޫގެ އެކި ދިމަދިމާލުން ފެންނަނީ ކުރިއަރަމުންދާ އުއްމީދީ ދުވެއްޔަގައެވެ.

ޒާހިދުގެ މަސައްކަތް ތެރި ކަމުގެ ވާހަކަ "ސީއެންއެމް އަށް ކިޔައިދެމުން މާމެންދޫ ކައުންސިލް މެމްބަރު ޖަޒްލާން ވިދާޅުވީ އެއީ މާމެންދޫގެ ހިންގުންތެރި ޒުވާނެއް ކަމަށެވެ.

ޒާހިދު އަކީ އެކި ގޮތް ގޮތުން މާމެންދޫއަށް ވަރަށް ފައިދާހުރު މަސައްކަތްތަކެއް ކުރަމުންދާ ޒުވާނެއް ކަމަށާއި، ޒާހިދުވަނީ މާމެންދޫއިން ތެޔޮ ލިބުމުގެ މަސައްކަތް ފަހި ކޮށްދީފައި ކަމަށެވެ.

އެއީ މާމެންދޫގެ މަސްވެރިނަންނަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް ޖަޒްލާން ވިދާޅުވިއެވެ. އަދި މަސްވެރިންނަށް އައިސް ލިބުމަށް އޮތް ދަތި ތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ދޯނިފަހަރުތައް ބަދެ މަސްވެރިނަނަށް ފަސޭހަވާނެ ހެން އެކި ކަންތައްތަކެއް ކޮށްދީފައިވާ ކަމަށްވެސް ޖަޒްލާން ވިދާޅުވިއެވެ.

މީގެ އިތުރުން އިޖުތިމާއީ އެކި ކަންކަމުގައިވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އަދި މާމެންދޫގެ އިޖުތިމާއީ އެކި ކަންތަކުަގައިވެސް އެހީތެރިކަން ފޯރިކޮށްދީފައިވާ ކަމަށެވެ. ޖަޒްލާން ފާހަގަކުރެއްވި ގޮތުން އިޖުތިމާއީ ދާއިރާގެ އިތުރުން އުމްރާނީ ގޮތުންވެސް ޒާހިދު ވަނީ އެކި މަސައްކަތް އެރަށަށް ކޮށްދީފައެވެ. 

ގައުމަކަށް ރަށަކަށް ހިދުމަތެއް ކޮށްދީފި މީހެއްގެ ވާހަކަ އަކީ ފަޑުވެގެންދާނެ ވާހަކައެއް ނޫނެވެ. އެއީ އެމީހެއްގެ މަސައްކަތް ބަލައިގަންނަ އެތައްބަޔަކު އެރަށެއްގައި ތިބޭނެތީކަން ޔަގީނެވެ. އެގޮތުން ޒާހިދު ވެސްވީ އެފަދަ ފަރާތަކަށެވެ. އޭނަގެ އުމުރު ޅަ ދުވަހުން ފެށިގެން ވެސް އަމިއްލަ ރަށަަށަށް އަގު ނުކުރެވޭ އެތަކެއް މަސައްކަތްތަކެއް ޒާހިދުވަނީ ކޮށްދީފަ އެވެ. ޒާހިދުގެ މަސައްކަތް އޭނާ ފަށައިގަތީ އުމުރުން 13 އަހަރުން ފެށިގެން ކަމަށާއި، އެއީ ޒާހިދުގެ ބައްޕަ އަކީ ދޯނި ގެންގުޅޭ މީހަކަށްވެފައި އެމަންޒަރު ލޮލުންފެނި 6 އަހަރުން ފެށިގެން ޖެހުނު ޝައުގެއްގެ ގޮތުން ކަމަށް ޒާހިދު ބުންޏެވެ.

"ފުރަތަމަ އަޅުގަނޑު ހުުންނަނީ ބަންނަމުންދާ ދޯންޏަށް އެޅޭ ފަތްތައް ނާގާ ސާފްކުރަން. އަދި ކަޑި ލާ ކުރެހުންވެސް އޮވޭ އެ މަސައްކަތުގެ ތެރެއަށް ވަދެވުނީ އުމުން 13 ވަނަ އަހަރު. އަދިވެސް އެ ޝައުގެއް ނުގެއްލޭ. " ޒާހިދު ބުންޏެވެ.

ފުރަތަމަ ލަކުޑިން ބަންނަން ފެށި މަސް ދޯނި ފަހަރު ފައިބަރު ދޯންޏަށް ބަދަލުކޮށް ކޮންމެ އަހަރަކު ނުވަތަ ދެ އަހަރުން އެއް އަހަރު އެ ދޯނިތައް ބޮޑު ކުރަމުން ގޮސް 52 ފޫޓޫން ފެށިގެ 60 ފޫޓޫން 99 ފޫޓުން 100 ފޫޓުން ގޮސް 118 ފޫޓަށް ގެންދެވުނުކަމަށް ޒާހިދު ބުންޏެވެ. 

"ދޯނިބަނުމުގައި ސްރީލަންކާގެ އެންމެ މަޝްހޫރު ކުންފުޏްނެއް ކަމަށްވާ ބުލޫސްޓާ މެރިން އިން އަޅުގަނޑުގެ މަސައްކަތްފެނި ގެންދަން އުޅުނު. އެއްލައްކައިގެ ބޮޑު މުސާރައަކަށް އެކަމަކު ދާކަަށް ބޭނުމެއްނުވި. މައިންބަފައިންނާއި ރަށާއި، އާއިލާ ދޫކޮށްފަ ދުރު ގައުމަކަށް ދާން ބޭނުންނުވީ. ޒާހިދު ބުންޏެޗެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ ތެރެއިން ޒާހިދަށްވަނީ އޭނާގެ މަސައްކަތުގެ އަގުވަންކޮށް ސަރުކާރުންދޭ ހާއްސަ އިނާމާއި، ހަދާނީ ލިއުން ލިބިފައެވެ.

your imageޒާހިދު މަސްވެރިކަމުގެ ދާއިރާ އަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ދެއްވާފައިވާ ހަނދާނީ ލިއުމެއް......

މިހާރު ޒާހިދުގެ އުމުރުން 44 އަހަރެވެ. އޭނާގެ ވިޔަފާރިތައް ވަނީ މުޅި މާމެންދޫ އަށް ފެތުރިފައެވެ. ނަމަވެސް އަދިވެސް ޒާހިދުގެ އުއްމީދުތަކެއް އެބަހުއްޓެވެ. ޒާހިދުބުނީ އޭނާ ބޭނުންވަނީ އޭނާގެ މަސައްކަތް ތެރިކަމާއި އެއްވަރަށް މަސައްކަތް ކުރެވޭނެ ޓީމެއް ބިނާ ކުރުން ކަމަށެވެ.

އެފަދަ ބަޔަކު ތަމްރީންތައްވެސް ދިނުމަށް ކަމަށެވެ. އެގޮތުން ތަމްރީން ކުރެވުނު މީހުންގެ ތެރެއިން 10 ފަރާތަކަށް މަސައްކަތް ކިޔަދީފައިވާ ކަމަށާއި، ނަމަވެސް ފައިބަރު ކުރުމާއި ދޯނި ބަނުމުގެ މި މަސައްކަތަށް އެ ކުދިންގެ ޝައުގު ކުޑަކަމަށެވެ.

ދިވެހިންގެ ތެރޭގައި އެފަދަ ޒުވާނުން މަދުވުމުން މިހާރު މަސައްކަތުގައި ގެންގުޅެންޖެހެނީ ބިދޭސީން ކަމަށާއި، ދިވެހިން މި ދާއިރާއަށް ނުނުކުތުމަކީ ވަރަށް ބޮޑު ބަލިކަށި ކަމެއް ކަމަށް ޒާހިދު ބުންޏެވެ.

މިހާރު ޒާހިދަކީ މާމެންދޫގެ އެސްޓީއޯގެވެސް އެޖެންޓެވެ. ހުރިހާ ވިޔަފާރިއެއްވެސް ޒާހިދު ކުރަމުންދަނީ އުއްމީދުގައެވެ. 

ޒާހިދަށް ދިމާވާ ގޮންޖެހުންތަކާއި، ގުޅިގެން ޒާހިދުބުނީ ވިޔާފާރި އަކީ ކެތްތެރި މީހަކަށް މެނުވީ ނުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ޒާހިދަށްވެސް އެކަންތައް ކުރަން އެހާ ފަސޭހައެއްނޫން ކަމަށާއި، ރަށުގެ ކަމުވޮށިގެންވާ މީހުންގެ ފަރާތުން ޒާހިދަށް އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއްވެސް ފަހަރެއްގައި މަސައްކަތް ކުރުން ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޒާހިދު ބުންޏެވެ.

"ކަތީބު ޒަމާނުގައިވެސް އަޅުގަނޑުގެ މަސައްކަތް ހުއްޓުވަން ވަރަށް މަސައްކަތް ކުރި. އެތައްފަހަރަކު ރަށު އޮފީހަށް ވެސް ގެންދޭ. ކައުންސިލް ހޮވިގެން ވެސް ފެނުނީ އެ މަންޒަރު." ޒާހިދު ބުންޏެވެ.

ރަށަށް ފައިދާހުރު އެތައް މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި މާމެންދޫ މިސްކިތުގައިވެސް ކާޕްޓް އެޅި ކަމަށާއި، ނަމަވެސް ކައުންސިލުން ހިންހަމަ ނުޖެހުމާއި އެކު ކާޕެޓްވެސް ނަގާލީ ކަމަށެވެ. އަދި މާމެންދޫގައި ފުޓްބޯޅަ ދަނޑެއް ނެތިގެން އުޅެނިކޮށް ދަނޑެއްވެސް ގާއިމު ކުރި ކަމަށާއި، އެއީވެސް ކައުންސިލްގެ ހުއްދަޔާއި އެކު ކުރި މަސައްކަތެއް ކަމަށެވެ. ނަމަވެސް އެދަނޑު ކައުންސިލުން އަންގާވެސްނުލާ  ދާ ގަނޑުތަކާއި އެކު ކޮށާ ހަލާކު ކޮށްލީ ކަމަށްވެސް ޒާހިދު ބުންޏެވެ.

"މިހާރު މާމެންދޫ ޒުވާނުން ފައިގައި ފުޓް ބޯޅަ ނުޖެހޭތާ ވެދާނެ އަހަރެއް. ނަމަވެސް އަޅުގަނޑު ހެދި ދަނޑު ކައުންސިލުން ހަލާކު ކުރީ. މިހާރު ޔޫތު މިނިސްޓްރީން އެބައުޅޭ ދަނޑެއް އެޅުމަށް. އަޅުގަނޑުގެ އުއްމީދަކީ ރަށުގައި ޒުވާނުންނަށް ފުޓްބޯޅަ ކުޅެވޭނެ ރަނގަޅު ދަނޑެއް އޮތުން" ޒާހިދު ބުންޏެވެ.

ޒާހިދު ބުނީ އެތައް ގޮތަކުން ޒާހިދަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، ބޭނުންވަނީ އަބަދުވެސް މީހުން ނުކުރާ ތަފާތު މަސައްކަތްތައް ކޮށްގެން ކުރިއަށް ދިއުމަށް ކަމަށެވެ. އުއްމީދަކީ ދޯނި ބަނުމާއި ފައިބަރު ކުރުމުގެ ދާއިރާ އަށް ޒުވާނުން ވަނުން ކަމަށްވެސް ޒާހިދު ބުންޏެވެ.

މިހާރު ޒާހިދަށް ޖުމްލަ 15 ލޯންޗާއި ފަސް ދޯނި ބަދެވިފައި ވާކަމަށްވެސް ޒާހިދު ބުންޏެވެ.

your imageޒާހިދު އަމިއްލަ އަށް ބަނދެފައިވާ ދޯންޏެއް......

ޒާހިދު ވަނީ އޭނާގެ މަސައްކަތުން މާމެންދޫގައި ސޮނާޑް ނަމަކަށް ކިޔާ ފިހާރައެއް ހުޅުވާ ހާޑްވެއާ ސާމާނުގެ އިތުރުން ކޮސްމެޓިކް ސާމާނާއި، އަންނައުނާއި، ބަދިގެއަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއްވެސް ހުޅުވާފައެވެ. 

ޒާހިދު ބުނީ މާލެއިން ފުރައިގެން އައްޑޫ އަށް ދަތުރު ކުރާ ހުރިހާ ބޯޓެއްވެސް މާމެންދޫ ގައި ޖައްސާ ކަމަށެވެ. ވިއްސާރައާއި، އެހެނިހެން ކަންކަމުގައި މަޑުކުރަނީ މާމެންދޫގައި ކަމަށްވުމުން ހުރިހާ ސާމާނެއް އެއްތަނަކުން ލިބުމުގެ ފަސޭހަ އަށްޓަކައި ތަފާތު ވައްތަރުގެ ސާމާނު ތަކާއިއެކު ހުޅުވާފައިވާ ފިހާރައެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް