ads
ޖޭސްމިން
އިންޑިއާ ނަރުހެއް ދިރިހުއްޓާ ވަޅުލުލައި މަރާލައިފި
ބަދަލު ހިފުމުގެ ގޮތުން އޭނާގެ ކުރީގެ ލޯބިވެރިއާ، އިންޑިއާ ނަރުހެއް ދިރިހުއްޓާ ވަޅުލައި މަރާލައިފިއެވެ.

އޮސްޓްރޭލިއާގައި ދިރިހުއްޓާ ވަޅުލާފައިވަނީ، އިންޑިއާގެ 21 އަހަރުގެ އެޑިލޭޑްގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާގެ ނަރުސްކަން ކިޔަވަމުން އަންނަ ޖޭސްމިން ކިޔާ ދަރިވަރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގުޅުން ހިންގަމުން ދިޔައީ އިންޑިއާގެ އުމުރުން 22 އަހަރުގެ ތާރިކްޖޮތު ސިންގް ކިޔާމީހަކާއެވެ. ދެމީހުން ވަކިވީ 2020 ވަނަ އަހަރު ނަމަވެސް ސިންގް ވަނީ ޖޭސްމިން އަށް އުނދަގޫކޮށް ޖެއްސުންކުރަމުން ގޮސްފައެވެ. 

ދެހާސް އެކާވީސް ވަނަ އަހަރުގެ ފެބްރުއަރީ ގައި ސިންގް ވަނީ އެޑިލޭޑްގައި ހުންނަ އޭނާގެ ކާރުވެސް ވަގަށް ނަގާފައިވެއެވެ.

އެންމެފަހުން މިވަނީ އޭނާ ކިޑްނެޕްކޮށްގެން ގެންގޮސް ދިރިހުއްޓާ ވަޅުލައި މަރާލާފައެވެ. އޭނާ ވަޅުލުމުގެ ކުރިން އަތާއި ފައިގައި ކޭބަލް ޓައި އަޅުވައި، އޭނާއަށް ސަލާމަތް ނުވެވޭގޮތް ވަނީ ހަދާފައެވެ.  

ޖޭސްމިންގެ ހަށިގަނޑު ފެނިފައިވަނީ އޭގެ ދެ ދުވަސް ފަހުން ބަލައިފާސްކުރި ފަރާތަކުންނެވެ. ސިންގް ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުގެ ދައުވާއެވެ. އެ ދައުވާއަށް އިއުތިރާފުވެ އުމުރަށް ޖަލަށް ލުމަށް ހުކުމް މިހާރު އޭނާގެ މައްޗަށް ވަނީކޮށްފައެވެ. 

ޖޭސްމީން މަރުގެ މައްސަލައަކީ ގެވެށި އަނިޔާގެ ނުރައްކާތެރިކަން ހިތާމަވެރި ހަނދާން އާކޮށްދޭ ކަމެކެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަން ހަނދާންކޮށްދޭ ހާދިސާއެކެވެ. 

16%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް