ads
ދެ ދޫނި ތޮޅެނީ
ދޫނި ވެސް އެކަތި އަނެކަތި ވަރިކުރާ ބައެއް ސަބަބުތައް
ދޫނިވެސް އެކަތި އަނެކަތި ވަރިކުރާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިގޮތުން  ދޫނި އެކަތި އަނެކަތި ވަރުކުރާ ބައެއް ސަބަބުތައް ސައިންސުވެރިން މިހާރު ވަނީ ހާމަކޮށްފައެވެ. 

އެހެން ދޫންޏަކާއެކު ޖިންސީ ގުޅުން ހިންގުން: ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ޖިންސީ ގުޅުން ހިންގާ ފިރިހެން ދޫނިތައް ބައިވެރިޔާގެ ފަރާތުން "ވަރި" ވުމުގެ ފުރުސަތު ބޮޑެވެ. އެއީ އަންހެން ދޫނިތަކުން އެހެން އަންހެން ދޫނިތަކާ އެކު އުޅުނު ފިރިހެނަކަށް އިތުބާރު ކުޑަވާތީއެވެ. 

ދުރު ރާސްތާއަށް ހިޖުރަކުރުން: ދުރު ރާސްތާއަށް ހިޖުރަކުރާ ދޫނިތަކަށް ވެސް "ވަރި" ކުރުމުގެ ފުރުސަތު ބޮޑުވެއެވެ. 

ޚިޔާނާތްތެރިވުން: ހަމަ އިންސާނުން ފަދައިން ދޫނިތައް ވެސް ބައިވެރިޔާއަށް ބޭވަފާތެރިވެދާނެއެވެ. ދޫންޏެއް އޮޅުވާލައިގެން އުޅެފިނަމަ، އެ ދޫންޏެއްގެ ބައިވެރިޔާ އެ ދޫނި "ވަރި" ކުރުމުގެ ފުރުސަތު ބޮޑުވެއެވެ. 

މަރުވުން: ބައިވެރިންގެ ތެރެއިން އެކަކު މަރުވެއްޖެނަމަ އަނެއް ބައިވެރިޔާ "ވަރިވެ" އާ ޖޯޑެއް ހޯދުމުގެ ފުރުސަތު ބޮޑުވެއެވެ.

ދޫނި ވަރިވާން ޖެހޭ ސަބަބުތަކާއި އިންސާނުން ވަރިވާ ސަބަބުތަކާ އެއްގޮތް ކަމަށް ވެސް ސައިންސުވެރިން ފާހަގަކުރެއެވެ. .

55%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް