ads
އިނގިރޭސި ވިލާތުގެ ޕާތު އަދި ނޯތު ޕާތްޝަޔާގެ އެސްއެންޕީގެ މަޖިލިސް މެމްބަރު ޕީޓް ވިޝާޓް
މަޖިލިސް މެންބަރަކަށް ވުމަށްވުރެ މިއުޒިކު ކުޅެން މާރަނގަޅު: ވިޝާޓް
މަޖިލީސް މެންބަރަކަށް ވުމަށްވުރެ މިއުޒިކު ކުޅުން މާ ރަނގަޅުކަމަށް އިނގިރޭސި ވިލާތުގެ ޕާތު އަދި ނޯތު ޕާތްޝަޔާގެ އެސްއެންޕީގެ މަޖިލިސް މެމްބަރު ޕީޓް ވިޝާޓް ހާމަކޮށްފިއެވެ.

"ބިގް ކަންޓްރީ" އާއި ރަންރިގް ބޭންޑްތަކުގެ މެމްބަރެއް ކަމަށްވާ ވިޝާޓް ބުނީ ސިޔާސީ މީހަކަށް ވުމަކީ އޭނާގެ މިނިވަންކަން ތަޅުލެވުނުކަމެއް ކަމަށެވެ.

"މިއުޒިކުން މާބޮޑަށްވެސް މިނިވަންކަން ލިބުނު. މިހާރު މިހުރީ ތަޅުލެވިފަ،" -ވިޝާޓް- 

ވިޝާޓް ބުނީ 1980 ގެ އަހަރުތަކުގައި އޭނާގެ "އާދައިގެ ރޮކް އެންޑް ރޯލް ލައިފްސްޓައިލް" އެއް ދިރިއުޅެމުން ދިޔަކަމަށެވެ.  

ވިޝާޓް ބުނީ ސްޓޭޖުގައި ހުރުމުގެ "އެޑްރިނަލިން ރަޝް" އާއި ޓީމެއްގެ ބައެއްގެ ގޮތުގައި ހުރުމުގެ އިހުސާސް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް މެމްބަރަކަށް ވުމަކީ "އެއަށްވުރެ ބޮޑަށް ކޮމްޕްރޮމައިޒް ވުމާއި މަޝްވަރާ ކުރުން" ކަމަށާއި މިއުޒީޝަނެއްގެ ގޮތުގައި އޭނާގެ "މަޤްސަދުގެ އިހްސާސް" ގެއްލިފައިވާ ކަމަށެވެ.

ވިޝާޓް ބުނީ އޭނާ އަށް އަދިވެސް މިއުޒިކް ކަމުދާ ކަމަށާއި ހުސްވަގުތުތަކުގައި ގިޓާ ކުޅެ ލަވަކިޔާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިއުޒިކަށް އެނބުރި އައުމުގެ ހުވަފެން ނައްތާނުލާނެ ކަމަށާއި، ނަމަވެސް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އޭނާގެ ދިރިއުޅުމާ މެދު އުފާވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް