ads
އައިކޮން އޮފް ދަ ސީ
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ބޯޓުން ދަތުރު ކުރާނަންތަ؟
ދުނިޔޭގެ އެންމެ ކްރޫޒް ބޯޓު "އައިކޮން އޮފް ދަ ސީގެ" ފުރަ މަންޒިލަށް ވާސިލު ވާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"އައިކޮން އޮފް ދަ ސީ" ގެ ނަމުން ނަންދީފައިވާ މި ބޯޓުގެ ދަތުރުތަކަކީ އެ ބޯޓުގެ ޓެސްޓު ދަތުރުތަކެއްކަމަށް ރިޕޯޓުތައް ބުނެއެވެ. 

މި ބޯޓުގެ ޓިކެޓެއްގެ އަގު އުޅެނީ 1،000 ޑޮލަރާއި 2،000 ޑޮލަރާއި ދެމެދުގައެވެ. 

މި ބޯޓު ފުރާފައިވަނީ ފިންލޭންޑުގެ ތުރުކުންނެވެ. މިއަދު އެ ބޯޓުގެ ފުރަތަމަ މަންޒިލް ފްލޮރިޑާއަށް ވާސިލުވާނެއެވެ. ބޯޓު ވަނީ މި މަންޒިލަށް ވާސިލުވުމަށް ހަ ދުވަހުގެ ދަތުރެއް ކޮށްފައެވެ. 

your imageއައިކޮން އޮފް ދަ ސީ

ބޯޓުގެ ބައެއް މައުލޫމާތު:

ދިގުމިން: 1،198 ފޫޓު

ފުޅާމިން: 208 ފޫޓު

ޖުމްލަ ޓަނޭޖް: 236،857

ގެސްޓް ކެޕޭސިޓީ: ޑަބަލް އޮކިއުޕެންސީގައި 5،734، ފުލް ކެޕޭސިޓީގައި 7،600

ޑެކުތަކުގެ އަދަދު: 20

ކްރޫ މެމްބަރުން: 2،350

ބޯޓުގެ މުހިންމު ސިފަތައް:

  • ސަސްޕެންޑް އިންފިނިޓީ ޕޫލް 
  • ރޮބަޓުން އުޅޭ ބާއެއް 

ވާޗުއަލް ރިއަލިޓީ އެޓްރިއަމް

  • ފްލޯރައިޑާ ސާފް ސިމިއުލޭޓަރެއް
  • މަންޒިލްތައް: ކެރިބިއަން، މެޑިޓެރޭނިއަން، އަލަސްކާ

މި ބޯޓަކީ "ރޯޔަލް ކެރިބިއަންގެ އައިކޮން ކްލާސް" ގެ ކްރޫޒް ބޯޓުތަކުގެ ފުރަތަމަ ބޯޓެވެ. 

މި ކްލާހުގެ އިތުރު ދެ ބޯޓެއް 2025 އާއި 2026 ވަނަ އަހަރު ނެރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް