ads
އޮސްވާލް އާއި އޭނާގެ އަންހެނުން ރާދިކާ އޮސްވާލް
ދުނިޔޭގެ އެންމެ އަގުބޮޑު އެއް ގެ އިންޑިއާ އާއިލާއަކުން ގަނެފި
އިންޑިއާގެ ބިލިއަނަރެއްގެ އާއިލާއިން ދުނިޔޭގެ އެންމެ ލަގްޒަރީ އަދި އަގުބޮޑު އެއް ގެ ސްވިޒަލޭންޑުން ގަނެފިއެވެ.

"ވިލާ ވަރީ" ގެ ނަމުން މަޝްހޫރު މި ގެ ހުންނަނީ ޖެނީވާއާ އެންމެ 15 މިނެޓުގެ ދުރުމިނުގައި އޮންނަ ރީތި އަވަށެއް ކަމަށްވާ ގިންގިންސްގަ އެވެ. އެއީ "އަލްޕްސް" ސްނޯ ފަރުބަދަތައް ފެންނަ ގޮތަށް ހަދާފައިވާގެއެކެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެ ތަން ޕަންކާޖް އޮސްވާލް އާއި އޭނާގެ އަންހެނުން ރާދިކާ އޮސްވާލް ގަތީ 200 މިލިއަން ޑޮލަރަށެވެ. 

އޮސްވާލްސް އަކީ ޕެޓްރޯކެމިކަލް، ރިއަލް އެސްޓޭޓް، ފަރުދާ، އަދި މައިނިން ފަދަ ދާއިރާތަކުން މަޝްހޫރު ވިޔަފާރި އާއިލާއެކެވެ. އެމީހުންގެ މުއްސަނދިކަން ތިން ބިލިއަން ޑޮލަރަށް ވުރެ ބޮޑުއިރު، މުޅި ދުނިޔޭގެ އެކި ތަންތަނުން އެމީހުން ވަނީ އަގުބޮޑެތި ލަގްޒަރީ ގެތައް ގަނެފައެވެ.

your imageވިލާ ވަރީ

"ވިލާ ވަރީ" ގައި 11 ކޮޓަރިއާއި 22 ފާހާނާއާއި ސްވިމިން ޕޫލަކާއި ޓެނިސް ކޯޓަކާއި ހެލިޕެޑެއް ހުރެއެވެ. އަދި އަމިއްލަ ސިނަމާއަކާއި ވައިން ސެލާއެއް ވެސް ހުރެއެވެ. މި ޕްރޮޕަޓީގެ ވަށައިގެން ފެހި ބަގީޗާތަކެއް ހުރިއިރު، ވަށައިގެންވާ ފަރުބަދަތަކުގެ ރީތި މަންޒަރުތައް ފެނެއެވެ. އެގޭގެ ބޮޑުމިނަކީ 4.3 ލައްކަ އަކަފޫޓެވެ.

އޮސްވާލް އާއިލާއިން ރާވާފައި ވަނީ ސްވިޒަލޭންޑްގައި އެމީހުންގެ ދާއިމީ އެޑުރެހުގެ ގޮތުގައި "ވިލާ ވަރީ" ބޭނުންކުރުމަށެވެ. އަދި ހާއްސަ އިވެންޓްތަކާއި ކައިވެނި ހަފްލާތަކަށް ވެސް އެތަނުގެ ހޯލުތައް ކުއްޔަށް ދޫކުރާނެ ކަމަށް ބެލެވެއެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް