
ރާއްޖެއާ ބަންގްލަދޭޝް މިއަދު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު މި މެޗުގައި ހުރިހާ ޕްރެޝަރެއް އޮތީ ހަގީގަތުގައި ބަންގްލަދޭޝްއަށެވެ. މުބާރާތުގައި ކުރިއަށް ދިޔުމަށް މިމެޗުން މޮޅުވުން ބަންގްލަދޭޝްއަށް ކޮންމެހެންވެސް މުހިިއްމެވެ.
ފުރަތަަމަ މެޗުގައި ބަންގްލަދޭޝްވަނީ ލުބްނާނު އަތުން ދެ ލަނޑު ސުން ލަނޑުން ބަލިވެފައެވެ. ރާއްޖެވަނީ ހަމަ އެ ނަތީޖާއިން ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވެފައެވެ. އެހެންކަމުން މިއަދުގެ މެޗުން މޮޅުވެގެން ރާއްޖެއަށް ސެމީގެ ފުރުސަތު ތަނަވަސްވާއިރު، ބަންގްލަދޭޝްއަށް މޮޅުނުވެވިއްޖެ ނަމަ އަމިއްލަ ބާރު ގެއްލޭނެއެވެ. އަދި މިރޭ ބޫޓާންއާ ލުބްނާނު ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ބަންގަލަދޭޝް ކެޓުމުގެ ފުރުސަތުވެސް އެެބައޮތެވެ. ހުރިހާ ކަމެއް ބަރޯސާވާނީ ބަންގްލަދޭޝް - ރާއްޖެ މެޗަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަށް ރާއްޖެ އަތުން އެންމެ ފަހުން މޮޅު ވެވިފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. އެއީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މޮޅުވި މޮޅުވުމެވެ. އޭގެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ބަންގްލަދޭޝްއަށް ރާއްޖެ އަތުން މޮޅުވެވިފައެއް ނުވެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި 2021 ވަނަ އަހަރު މާލޭގައި ބަންގްލަދޭޝްއާ ރާއްޖެ ކުޅުނު މެޗުންވެސް މޮޅުވީ ރާއްޖެއެވެ.