ads
ގދ. ތިނަދޫ ސްލިޕް/ ސިޔާމާ ޒަރިރް....
މުސްކުޅިވެފައިވާ މަންމަ ބަލަންބޭނުން ފައެއް ޖަހަން އެހީވެދީ!
ދޮންމަދު ހޯދަން އުޅުމުގެ ތެރޭގައި ތާރުގަނޑުމައްޗަށް ވެއްޓި ލިބުނު އަނިޔާގެ ސަބަބުން ގދ. ތިނަދޫ ސްލިޕް ސިޔާމާ ޒަރީރު ވަނީ މުޅި އުމުރަށް ނުކުޅެދޭ ހާލަތާއި ކުރިމަތިލާން ޖެހިފައެވެ. ސިޔާމާ މިއަދުގެ ހާލަތު ހުރި ގޮތުން އޮތްތަނުން އޭނަޔަކަށް ތެދުވެވި ނޫޅެވެއެވެ.

ވެއްޓިގެން ފަޔަށް ލިބުނު އަނިޔާގައި މާބޮޑަށް ފަޔަށް ތަދުވާން ފެށުމުން ސިޔާމާ ޑޮކްޓަރަށް ދެއްކީ އޭގެ ދެ ހަފްތާފަހުން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ސިޔާމާ "ސީއެންއެމް" ބުނީ އަވަހަށް މާލެ ދިއުމަށް ހޮސްޕިޓަލުގެ ޑޮކްޓަރު އެންގި ކަމަށެވެ.

މާލެ އައިސް ޑޮކްޓަރަށް ދެއްކި ކަމަށާއި، ފުރަތަމަ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވިދާޅުވީ ފައިގައި، ހުރީ ސިސްޓެއް އުފެދިފައި ކަމަށެވެ. ނަމަވެސް ސިސްޓެކޭ ޑޮކްޓަރު ވިދާޅުވުމުން އެކަމަށް ފަރުވާ ކުރަމުން ދަނިކޮށް އޭޑިކޭ އަށް ދެއްކުން ފައިގައި އުފެދިފައި ހުރީ ޓިއުމަރެއްކަމަށް އެތަނުން އެންގި ކަމަށެވެ.

your imageސިޔާމާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް.....

އަދި އެ ޓިއުމަރު ހުރިތަން ކެންސަރަށް ބަދަލުވީ ކަމަށާއި، އަދި އެވޭނުގައި އުޅެނިކޮށް ފުއްޕާމޭގެ ކެންސަރުވެސް ޖެހުނު ކަމަށް ސިޔާމާ ބުންޏެވެ. ސިޔާމާގެ ހަށިގަނޑުގައި ހުރީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރޭ ވައްތަރެއްގެ ކެންސަރެއްކަމަށާއި ފުއްޕާމޭގެ ކެންސަރު ޖެހުނީ އޭގެ ސަބަބުން ކަމަށްވެސް ސިޔާމާ ބުންޏެވެ. 

އެކަމެއްދިމާވީ ވެއްޓުނުތާ ދެ ހަފްތާ ފަހުން ކަމަށާއި، މިހާރު އެކަމުގައި އުޅޭތާ ދޮޅު އަހަރުވެފައިވާ ކަމަށްވެސް ސިޔާމާ ބުންޏެވެ. އަދި އޭރު ސިޔާމާ މަސައްކަތް ކުރަމުންދިޔައީ ރަށުގެ ކުޑަކުދިނަށް ކިޔަވައިދޭ ސުކޫލެއްގަ ކަމަށްވެސް ސިޔާމާގެ ފިރިމިހާ ވަނީ ބުނެފައެވެ. އެ މަސައްކަތް ކުރަމުން ސިޔާމާ އޭރު ލިބުނީ 2000 ރުފިޔާ ކަމަށާއި، އެހެންކަމުން އިތުރަށް ފައިސާ ހޯދުމަށް ސިޔާމާ މީހެއްގެ ކުއްޖަކުވެސް ބެލި ކަމަށް ބުންޏެވެ. 

މިހާރު ސިޔާމާ އަށް މަސައްކަތް ނުކުރެވި އޮންނަން ޖެހުމުގެ ސަބަބުން އެއްވެސް އެއްޗެއް ނުލިބޭ ކަމަށާއި، އަދި ސިޔާމާއަށް އެހީވުމަށް ގޭގައި ހުންނަން ޖެހުމުން އޭނަގެ ފިރިމީހާ އަބްދުއްސަމަދަށް ވެސް މަސައްކަތެއް ކުރުމަށް ތަންތަނަށް ނުދެވޭ ކަމަށެވެ. އެހެންކަމުން އެއްވެސް އެއްޗެއް ނުލިބި ދުވަސްވުމުން ފައިސާގެ ގޮތުން ވަރަށް ދަތި ކަމަށް ވަނީ ބުނެފައެވެ.

ފައިގެ ކަކުލު ހުޅަށްވުރެ މައްޗަށް ފައި ބުރިކޮށްފައި އޮންނަން ޖެހުމުން ސިޔާމާ އަކަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ތިން ދަރިންގެ މަންމަ ސިޔާމާ އޮތި ބަލި އެދުގައެވެ. އެހެންކަމުން އޭނަގެ އެންމެ ކުޑަ ކުއްޖާ ސުކޫލަށް ގެންގޮސްހެދުމުގައި ސިޔާމާ އަށް ވަނީ ދަތިތަކެއް ކުރިމަތުލާން ޖެހިފައެވެ.

your imageގދ. ތިނަދޫ ސްލިޕް/ ސިޔާމާ ޒަރިރް....

"މިހާރު ފަޔަށް ޖެހުނު ކެންސަރު ރަނގަޅު. ފައި ބުރި ކޮށްލީމަ. މިހާރު ހުރީ ފުއްޕާމޭގެ ކެންސަރު" ސިޔާމާ 

ސިޔާމާ ބުނި ދަރިފުޅުގެ ކަންތައްވެސް ނުކުރެވޭ ކަމަށާއި، އަދި އޭނާގެ އުމުރުން ދުވަސްވެފައިވާ މުސްކުޅި މަންމަގެ ކަންތައްވެސް ނުކުރެވޭކަމަށެވެ. މިހާރު މާލޭގައި ހުންނަތާ އެއް އަހަރުވެފައިވާ ކަމަށް ބުނެ ސިޔަމާ ބުނީ އެމީހުންނަކީ ފެށުނީއްސުރެވެސް ވަރަށް ފަގީރު ބައެއް ކަމަށާއި، އަދި މިހާރު ސިޔާމާގެ އެހީތެރި ކަމެއްނުލިބި މިހެން އައިސް މާލޭގައި ހުންނަން ޖެހުމުން މަންމަޔާއި ކުދިންތިބީ އެކަނި ރަށުގައި ވަރަށް ހާލުގައި ކަމަށެވެ. އެކުދިންގެ ބައްޕަވެސް މާލޭގައި ހައްޔަރުވެފައި ވުމުން ފައިސާ ހޯދޭނެ ގޮތެއްވެސް ނެތް ކަމަށެވެ. 

"އެންމެ ދެރަވަނީ މަންމަ ނުބެލޭނެތީ. މަންމަ އެދުމަތިވި ދުވަހަކުން ބަލާނެ މީހަކު ނުހުންނާނެތީ ވަރަށް ދެރަވޭ. އެއީ އަހަންނަކީ މަންމަގެ ހުރި ހަމައެކަނި ކުއްޖާއަށް ވެފައި އިތުރުމީހަކުވެސް ނެތީމަ. މިހެން އޮންނަން ޖެހުމުން ކާކު މަންމަ ބަލާނީ. ބޭނުންވަނީ އެހީތެރިކަން ލިބިއްޖިއްޔާ ފަޔެއް ޖަހަން. " ސިޔާމާ

މިހާރު ސިޔާމާ އެންމެ ދެރަވަނީ އޭނާގެ މަންމަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު ބަލާނެ މިހަކު ނުހުންނާނެތީ ކަމަށާއި، ބޭނުންވަނީ ފަޔެއް ޖަހައިގެން ކޮޅަށް ދެތުވެ މަންމަޔާއި ކުދިންނަށް އެހީތެރިވެ ދިނުން ކަމަށް ސިޔާމާ ބުންޏެވެ.

ސިޔާމާގެ އުމުރުން 39 އަހަރެވެ. ފުއްޕާ މެޔަށް ޖެހިފައިވާ ކެންސަރު ބައްޔާއި ހަގުރާމަ ކުރަމުންދާއިރު، މިހާރު ސިޔާމާ ވަނީ އޭނާ ތަހައްމަލް ކުރަން ޖެހިފައިވާ ކެންސަރުބަލީގެ ފަރުވާ އެއް ކަމަށްވާ ކީމޯ ކޮންމެ މަހަކު ތިންފަހަރު ޖަހަން ޖެހެއެވެ. ޑޮކްޓަރުން ލަފާދެއްވަނީ އެއްކޮށް ބަލި ރަނގަޅުވާނެ ކަމަށް ކަމަށް ވެސް ސިޔާމް ބުންޏެވެ.

މިހާރު ލިބެނީ ހަމައެކަނި މިހުންގެ އެހީތެރިކަމާއެކު ލިބޭ މަދު އެއއްޗެއް ކަމަށެވެ. އެގޮތަށް ލިބޭ އެއްޗެއް ފިޔަވާ އިތުރު އެއްވެސް އެއްޗެއް ސިޔާމާގެ އަތަކު ނޯވެއެވެ. ލިބޭނެ ގޮތެއްވެސް ނެތް ކަމަށް ސިޔާމާ ބުންޏެވެ. މާލޭގެ ތިބުމުގައި އެހީތެރިވެދެނީ އެމިހުންގެ ރަހުމަތްތެރިއެއް ކަމަށާއި، ތިބެނީ އެ ރަހުމަތްތެރިޔާގެ ގޭގައި ކަމަށް ސިޔާމާ ބުންޏެވެ. ބޭނުންވަނީ ކޮޅަށް ތެދުވެވި މަންމަ އަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަތީ ފަޔެއް ޖެހުމަށް ތި އެންމެންގެ ދީލަތި އެހީތެރި ކަމެއް ބޭނުވާ ކަމަށް ސިޔާމާ ވަނީ އެދިފައެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު:ސިޔާމާ ޒަރީރު: 7764186

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7730000559222 ( ސިޔާމާ ޒަރީރް)

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު:  (ސިޔާމާ ޒަރިރް) 7730000564265

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް