ads
ފޮޓޯ: ރާއްޖޭގައި ބަޔަކު ހަދާފައިވާ ޓިކްޓޮކެއްގެ ސްކްރީން ޝޮޓެއް
ޓިކްޓޮކް ހަދަން ދުނިޔޭގައި އެންމެ ކަމުދާ ފަސް ގައުމުތެރޭގައި ރާއްޖެ ހިމެނިއްޖެ
ދުނިޔޭގައި މަޝްހޫރު ފަރަތްތަކުން ޓިކްޓޮކް ހަދަން އެންމެ ކަމުދާ ފަސް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ފަރާތްތަކުގެ ހަބަރުތައް ގެނެސްދޭ ބްރޭންޑަޑު މެގަޒިންއެއްކަމަށްވާ "ސެލެބްމެގް" އިން އާންމުކޮށްފައިވާ ފަސްގައުމަކީ، ދިވެހިރާއްޖެ، މެކްސިކޯ، އިންޑޮނޭޝިއާ، އިޓަލީ އަދި ގްރީސް އެވެ. 

އެ މެގަޒިން އިން ފާހަގަކޮށްފައިވަނީ އެންމެ ގިނަބަޔަކު ޓިކްކޮޓް ހަދާ އަދި މަޝްހޫރު ފަރާތްތަކުން ޓިކްޓޮކް ހެދުމަށް ޝައުގުވެރިވާ ތަންތަނެވެ.

ދިވެހިރާޢްޖެއަކީ ސާފުތާހިރު ގޮނޑުދޮށްތަކާއި، ކްރިސްޓަލް ސާފު ފެންގަނޑާއި، ލަގްޒަރީ ރިސޯޓްތަކަށް ލޯބިކުރާ މީހުންނަށް ރާއްޖެ އަކީ "ޓްރޮޕިކަލް ޕެރެޑައިސް" އެއް ކަމަށް އެ މެގަޒިން އިން ބުނެއެވެ.

"މޫދުގައި އުޅުނަސް، ސްނޯކްލިން ކުރިޔަސް، ނުވަތަ ތަރިތަކުގެ ދަށުގައި އުއްބައްތިން އަލިކޮށް ރޭގަނޑުގެ ކެއުން ކެއުމުގައި އުޅުނަސް، ރާއްޖެ އިން ލިބެނީ "ޕެރަޑައިސްއެއްގެ މުއްސަނދި ބެކްޑްރޯޕް އެއް،" އެ މެގަޒިންގައި ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވެއެވެ.

ދިވެހިރާއްޖެއަކީ ގިނަ އަދަދެއްގެ ހޮލީވުޑު، ބޮލީވުޑު އަދި ޓިކްޓޮކް ފަދަ މީސްމީޑިއާތަކުގެ ތަރިންނަށް ވެސް މަގުބޫލު މަންޒިލެކެވެ. މިއަހަރު މިހާތަނަށް ދިވެހިރާއްޖެއަށް 800،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން އަންދާޒާކުރާގޮތުން ދިވެހިރާއްޖެއަށް މިއަހަރު ނިމޭއިރު، 1.7 މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނާނެއެވެ.  

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް