ads
ކެތީ ކޮލަމްބިއާގެ އައިކޮންގައި
ބައްތިރީސް އަހަރު ކުރިން ނެގި އެންމެ ފޮޓޯއަކުން މުޅި ދުނިޔެއަށް މަޝްހޫރުކަން
ނަވާރަ ސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު އުމުރުން 28 އަހަރުގެ ޖެނީ ޖޯސެފް ވަނީ ފޮޓޯގްރާފަރު ކެތީ އެންޑަސަން އާއި އެކު ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފައެވެ.

މި ފޮޓޯ ބޭނުންކޮށްފައިވަނީ ކޮލަމްބިއާ ޕިކްޗާސްގެ އައިކޮނިކް ލޯގޯ އުފެއްދި އާޓިސްޓް މައިކަލް ޑީއާސް އަށް ރެފަރެންސް އެއްގެ ގޮތުގަ އެވެ. މީގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ޖެނީ ޖޯސެފް މޮޑެލްކޮށް ފޮޓޯނަގާފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ސޫރަ ވަނީ ފިލްމީ ތާރީހުގައި ވެސް އެންމެ މަޝްހޫރު އެއް ތަސްވީރަށް ވެފަ އެވެ.

މި ފޮޓޯ ނަގާފައިވަނީ އެންޑަސަން އާއި ޖެނީ ޖޯސެފް ވެސް ނިއު އޮރްލިއަންސް މިއުޒިއަމް އޮފް އާޓްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއްގައެވެ.  

your imageކެތީ

އެ ފޮޓޯފެނި އައިކޮން ޑިޒައިން ކުރި ޑީއާސް އަށް ވަރަށް ބޮޑަށް އަސަރުކުރި އިރު، އޭނާ ވަނީ މިސް ލިބަރޓީގެ ކުރެހުމުގެ އަސާސެއްގެ ގޮތުގައި އެ ފޮޓޯ ބޭނުންކޮށްފަ އެވެ. 1993 ވަނަ އަހަރު ދައްކާލި މި ކުރެހުމަކީ އޭގެ ފަހުން ކޮލަމްބިއާ ޕިކްޗާސްގެ ކޮންމެ ފިލްމެއްގައި ވެސް ބޭނުން ކުރަމުން އަންނަ ކުރެހުމެކެވެ.

ޖެނީ ޖޯސެފް ދުވަހަކުވެސް ޕްރޮފެޝަނަލް މޮޑެލްއަކަށް ނުވި ނަމަވެސް ފިލްމުގެ ތާރީހުގައި އޭނާގެ ސޫރަ އަބަދުވެސް ބޭނުންކުރާތީ  އޭނާ ޝުކުރުވެރިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް