ads
އައިޝަތު ޒީކް އަހުމަދު.....
ޒީކްގެ މުސްތަގްބަލަށްޓަކާ އެންމެނާ އެހީވެދީ!
ލ. ކަލައިދޫ އުނިމާގެ ހައްވާ އަސްމާ އާއި، ކ. މާލޭ މ ޝަންދުރު އަހުމަދު އަބްދުﷲ ދެމީހުންގެ ތިންވަނަ ދަރި އައިޝަތު ޒީކް އަހުމަދަކީ އެންމެ ކުޑައިރުއްސުރެ ބަނޑުގެ ވޭނުގައި އުޅެމުން އައި ކުއްޖެކެވެ. ނަމަވެސް ކުއްޖާ ކުޑައިރު ކުއްޖާ ތަހައްމަލް ކުރަނީ ކޮންބައްޔެއް ކަމެއް އަސްމާ އަދި އަހުމަދަކަށްވެސް ނޭނގެއެވެ. އެ ދެމެފިރިން ޒީކް ޑޮކްޓަރަށް ދެއްކި ނަމަވެސްވާ ވާގޮތެއް ނޭނގި ދުވަސްތައް ދިޔައީ ދިގުލައިގެންނެވެ.

އަސްމާ ބުނީ ފުރަތަމަވެސް ކުއްޖާގެ ބަލި ފާހަގަވީ ޒީކް އަށް އަހަރެއް ނުވަނީސް ކަމަށެވެ. ހިނގައިގަންނަން އުޅުމުގެ ތެރޭގައި ފައިއަޅާ ގޮތްވެސް ވަރަށް ތަފާތު ކަމަށް އަސްމާ ބުންޏެވެ.
އަދި ބޮޑުކަމު ދިއުމާއި، ކުޑަަކަމުދިއުމުގައިވެސް މައްސަލަތައް ފާހަގަވެގެން އިންްޑިޔާ އަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ކަމަށާއި، އެހާހިސާބުން ބަލި ދެނެގަނެވުނު ކަމަށެވެ.

ނަމަވެސް ޒީކް ކުޑަވުމުން، އޮޕަރޭޝަން އޭރު ކުރުމަށް ރަނގަޅު ނޫންކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށާއި، އެހެންކަމުން އޭރު ޑޮކްޓަރުންގެ ލަފާގެމަތިން އޮޕަރޭޝަން ނުކޮށް ރާއްޖެ އައީ ކަމަށް އަސްމާ ބުންޏެވެ. 

"ޑޮކްޓަރުން އޭރު ލަފާ ދެއްވީ ޒީކް އަށް 7 އަހަރުވުމުން އޮޕަރޭޝަން ކުރުމަށް އިންޑިޔާ އަށް އައުމަށް" - އަސްމާ

އެހާ ހިސާބުން ޒީކް ގޮވައިގެން ރާއްޖެ އައި ކަމަށާއި، ނަމަވެސް ކުއްޖާގެ ބައްޔަށް މާބޮޑު ފަރުވާ އެއް ލިބިގެންނުދިޔަ ކަމަށެވެ.

ރާއްޖެ އައިފަހުން އެތައްފަހަރަކު ޑޮކްޓަރަށް ދެއްކޭ ކަމަށާއި، ނަމަވެސް ޒީކް ތަހައްމަލް ކުރާ ބައަޔަށް ރާއްޖެ އިން މާބޮޑު ކަމެއް ނުކުރެވޭ ކަމަށެވެ. ބައްޔާ އެކު ޒީކް އުޅުމުގައިވެސް ދުވެ ކުޅެ އުޅޭ ކަމަށާއި، ނަމަވެސް ފައިގެ ފުންނާބު އުފުލިފައި ހުރުމުން ހިނގަން އުދަގޫތަކެއް ހުންނަ ކަމަށްވެސް އަސްމާ ބުންޏެވެ.

ޒީކްގެ އެންމެ ބޮޑު ކަމަކީ ބޮޑުކަމުދިއުމާއި ކުޑަކަމުދިއުމުގެ މައްސަލަ. އިހުސާސެއްނުވޭ. ދެން ހިނގުންވެސް އުނދަގޫ ކުއްޖާއަށް." އަސްމާ


ޒީކް އަށް މިހެންމިވަނީ އެންމެ ކުޑައިރުއްސުރެ ކަމުން ކޮންމެކޮންމެ އެއްޗެއް ކާންވެސް ނުދެވޭ ކަމަށާއި، ކުޑައިރުގަވެސް ބޭނުންކުރާ ކިރާއި ތަފާތު އެހެން އެއްޗެހިވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޒީކްއަށް ހަތް އަހަރުވުން އިންޑީޔާ ޑޮކްޓަރުން ލަފާދެއްވި ގޮތަށް މިިހާރު ތައްޔާޜުވަމުން މި ދަނީ އޮޕްރޭޝަނަށް އިންޑިޔާ އަށް ފުރުމަށް ކަމަށްވެސް އަސްމާ ވަނީ ބުނެފައެވެ. 

އަދި ޒީކްއަށް ދެ އޮޮޕަރޭޝަނެއް ކުރަން ޖެހިފައިވާއިރު، އިންޑިޔާ ކަހަލަ ގައުމަކަށް ގޮސް ހުރުމުގައި ބޮޑު ހަރަދެއް ހޭދަވާނެ ކަމަށް ބެލެވޭތީ އެދެނީ ތި އެންމެންގެ ދީލަތި އެހީއެކެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު:  ކުއްޖާގެ ބައްޕަ: އަހުމަދު އަބްދުއްﷲ

ގުޅޭނެ ނަމްބަރު:  ކުއްޖާގެ މަންމަ: ހައްވާ ހަސްމާ 7602778

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި 7704259178101 (އަހުމަދު އަބްދުއްﷲ)

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި 77700000790663 (ހައްވާ ހަސްމާ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް