ads
ކަނޑުގައި ރަން ހުރިތޯ ބަލަން ދިރާސާ ކުރަނީ
ކަނޑު އަޑީގައި ގިނަ އަދަދެއްގެ ރަން!
ކަނޑުގެ ވަރަށް ފުން ހިސާބުގައި ގިނަ އަދަދެއްގެ ރަން ހުންނާނެކަމުގެ ނިޝާންތައް ފެނިފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކަނޑުގެ ދިރާސާތައްކުރާ ސައިންސްވެރިންނާ ހަވާލާދީ ކޮށްފައިވާ ބައެއް ރިޕޯޓްތައް ބުނާގޮތުން، ކަނޑުގައި ގިނަ އަދަދެއްގެ ރަން ހުރިކަމަށް ބެލެވުނު ނަމަވެސް ސީދާ އެއީ ކިހާ އަދަދެއްގެ ރަންކަން އަދި ދެނެގަނެވޭވަރު އަންދާޒާއެއްވެސް ކުރެވިފައެއް ނުވެއެވެ.

އެޓްލާންޓިކާއި ޕެސިފިކް ކަނޑުގައި ރަން ހުރިކަމަށް ދިރާސާތަކުން ދެއްކި ނަމަވެސް އެއީ މައިން ކުރަން އެހާ ފަސޭހައިން އެއާއި ހަމައަށް ވާސިލް ވެވޭނެ އެއްޗެއް ނޫންކަމަށް ބުނެއެވެ.

ރަން ހުރި ހިސާބުތަކުގައިވެސް ރަން ހުރިކަމަށް ބެލެވެނީ ކަނޑުއަޑީގެ ދެ ފަށަލައެއްގެ އަޑީގައިކަމަށް ވުމުން އަދި އެއީ ވަރަށް ފުން ކަނޑުކަމަށް ވުމުން އެތަކެތި މައިން ކުރަން ކުރަންޖެހޭ ބޮޑު ހަރަދަށް ބަލާއިރު އެގޮތަށް ރަން ނަގައިގެން ދެކޮޅު ނުޖެއްސޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

12%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް