ads
ރޭގަނޑެއްގައި ވިލިމާލޭގެ މަންޒަރެއް
ވިލިމާލެ އެޕާޓްމަންޓްގައި މަރުވި މީހުންގެ ތެރޭ މާބަނޑު އަންހެނެއް ހިމެނޭ!
މީގެ އަހަރުތަކެއް ކުރިން ވިލިމާލޭ ފްލެޓެއްގައި އެޕާޓްމަންޓްގެ ފާހާނާ ތެރޭގައި މަރުވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނޭކަމަށް އެކަން އެނގޭ ބައެއް މީހުން ބުނެފިއެވެ.

ކުރިން ސީއެންއެމްއާ ވާހަކަ ދެއްކި މީހަކު ބުނިގޮތުން އޭނާ އެތަނުގައި ދިރިއުޅުނު އިރުވެސް އެ އެޕާޓްމަންޓާ ގުޅޭގޮތުން ތަފާތު ވާހަކަތައް އިވެއެވެ. އަދި އެތަނުން ރޫހާނީ ބައެއް ކަންކަން ފެންނަކަމުގެ ވާހަކަ އާއި އަޑުތައް އިވޭ ކަމުގެ ވާހަކަ އޭނާ ކިޔައިދިނެވެ.

ހާއްސަކޮށް އެތަނުގެ އެއް ކޮޓަރީގެ ފާހާނާގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިން މީހަކު މަރުވި ވާހަކަ ބުންޏެވެ. އޭނާ ބުނީ އެތަނަށް ބަދަލުވާ މީހުނަށްވެސް އެތަނުގައި މާގިނަ ދުވަހު ނުތިބެވޭކަމަށާއި ކޮންމެވެސް ކަމެއް ދިމާވެގެން އެތަނުން ނިކުންނަން ޖެހޭ ކަމަށެވެ. އެހެންވެ އެތަނުގައި މީހުން ނޫޅެ ވަރަށް ގިނަ ދުވަހު ފަޅަށް ބަހައްޓަން ޖެހޭކަމަށްވެސް އޭނާއަށް ލިބުނު މައުލޫމާތުގެ އަލީގައި ކިޔައި ދިނެވެ.

އަދި ވަރަށް ފަހަކުންވެސް އެ އެޕާޓްމަންޓްގެ ވާހަކަ ދެއްކުމުން، އެތަނުގައި އެއްވެސް ބަޔަކު ދިރުނޫޅޭތާ އެތައް ދުވަހެއް ވެފައިވާކަން އެނގުނު ކަމަށެވެ. އެކަން ޔަގީންކުރަން އެކަމުގެ ހަގީގަތް އެނގޭ ބައެއް މީހުނާ ވާހަކަ ދައްކަން އެދުނު ނަމަވެސް އެވާހަކަ ދައްކަން އެއިން އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ.

އެކަން އެނގޭ އެހެން މީހަކު ބުނި ގޮތުގައި އެޕާޓްމަންޓްގައި މަރުވި ތިން މީހުންގެ ތެރެއިން އެކަކީ މާބަނޑު އަންހެނެކެވެ. އޭނާ ފާހާނާއަށް ވަދެ ނުނިކުމެ ގިނައިރުވުމުން ދޮރު ހުޅުވައިގެން ވަތް އިރު އޮތީ ވިހާފައިކަމަށާއި ދަރިފުޅާއި އަންހެން މީހާވެސް އޭރު މަރުވެފައިވާކަމަށް މިވާހަކަ ކިޔައިދިން މީހާ ބުންޏެވެ.

އޭނާ ބުނީ ފްލެޓް ހުންނަ ސަރަހައްދަކީ ވިލިމާލޭގައި ޖަލު ހިންގިއިރު އެކަހެރިކޮށް މީހުން ބެއިތިއްބި ސަރަހައްދެއްކަމަށް ވާހަކަ ދެކެވޭކަމަށާއި ޖަލު ހިންގިއިރު އެސަރަހައްދުގައި އަނިޔާވެރި އެތައްކަމެއް ހިނގާ މީހުން މަރުވެފައިވާކަމަށްވެސް ބުނާ އަޑު އިވޭކަމަށެވެ. އަދި ގަސް އިންދުމަށާއި އެހެން ކަންކަމުގައި އެސަރަހަދުގެ ތަންތަން ކޮންނަ އިރު މިނިކަށި ފެންނަ މައްސަލަވެސް ކުރިން ފެންމަތިވެފައިވާކަމަށް މިވާހަކަ ހިއްސާކުރި މީހާ ކިޔައި ދިނެވެ.

20%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް