ads
ރޯޒާ އޭނާގެ ފިރިމީހާއެކު
ދުވާލަކު 1.3 މިލިއަން ރުފިޔާ ހަރަދުކުރާ ރޯޒާ ރާއްޖެ އައިސްފި
ސައުދީ އަރަބިއްޔާގެ އިންފްލޫއެންސަރެއް ކަމަށްވާ ރޯޒާ އަލް ހަލީފާ ރާއްޖެ އަތުވެއްޖެއެވެ.

އޭނާ މަޝްހޫރުވެފައިވަނީ ދުވާލަކު ގާތްގަނޑަކަށް 90،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) އޭނާގެ އަމިއްލަ އުފަލަށް ހޭދަކުރާ މީހެއްގެ ގޮތުގައެެވެ. 

އޭނާ ކައިވެނި ކޮށްގެން އުޅެނީ ދުބާއީގެ ވިޔަފާރިވެރިއަކާއެވެ. ސޯޝަލް މީޑިއާ އިންފުލުއެންޒަރެއްގެ އިތުރުން އޭނާއަކީ ގެވެހި އަންބެކެވެ. 

ރޯޒާއަށް ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުންތަކެއް ލިބިފައިވާއިރު، އިންސްޓަގްރާމްގައި 2 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ލިބިފައިވެއެވެ. 

ރޯޒާ ވަރަށް ގިނައިން ސޯޝަލް މީޑިއާގައި އޭނާގެ ޝޮޕިން ސްޕްރީތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެ އެވެ. ޝެނަލް، ގުޗީ، އަދި ލޫއީ ވިޓަން ފަދަ ލަގްޒަރީ ފިހާރަތަކުން ޝޮޕިން ކުރާތަން ފެނިފައިވެ އެވެ. އަދި އަގުބޮޑު ކާރުތަކާއި ގަހަނާ ގަންނަތަން ވެސް ވަނީ ފެނިފައެވެ.

ބައެއް މީހުން އޭނާއަށް ތައުރީފު ކުރާއިރު އަނެއް ބަޔަކު އޭނާއަށް ފާޑުކިޔަނީ ހަރަދުކުރުމުގެ އާދަތަކާއި މާއްދީ ކަންކަމަށް ކުރާ ބޮޑު ހޭދައިގެ ސަބަބުންނެވެ. 

ބޮޑު ހަރަދު ކުރުމުގެ އާދަ ދިފާއުކޮށް ރޯޒާ ބުނެފައިވާނީ "ފައިސާ ހޯދަނީ ބުރަކޮށް މަސައްކަތްކޮށްގެން. ފައިސާގެ އުފާ ލިބިގަތުން ހައްގު،" ކަމަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް