ads
މީގެ ހަތަރު އަހަރުކުރިން މަރުވި ލަންކާސްޓާ އަދިވެސް ބަދަލެއް ނާދެ
ހަތަރު އަހަރު ކުރިން މަރުވި މީހެއްގެ ހަށިގަނޑަށް އެއްވެސް ބަދަލެއް ނާންނާތީ ހައިރާންކަން
މީގެ ހަތަރު އަހަރު ކުރިން މަރުވި މީހެއްގެ ހަށިގަނޑަށް އެއްވެސް ބަދަލެއް ނައިސް އޮތްކަން ހާމަވުމުން ގިނަބަޔަކު ހައިރާންވެ އޭނާ ދެކިލަން ޒިޔާރަތް ކުރަން ފަށައިފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު މަރުވި ފަހުން އޭނާގެ ބައެއް އިނގިލިތައް ކުޑަކޮށް ބައެއް ތަންތަން ގިރިގެން ދިއުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް އޭނާއަށް ލިބިފައެއް ނުވެއެވެ. އެމީހާ ބަލަން މިސޫރީގެ ކުޑަ ރަށަކަށް އެތައް ސަތޭކަ ބަޔަކު ދަނީ އެއްވަމުންނެވެ. 

އޭނާ ބަލަންދާ މީހުން މިހާރު ތިބީ ކިއު ހަދައިގެންނެވެ. 

އޭނާއަށް އެއްވެސް ބަދަލެއް ނާންނަކަން އެނގިފައިވަނީ އެނާ ވަޅުލާފައި އޮތް ތަނުން ކޮނެގެން ނެގުމުންނެވެ. ކޮންސްޓްރަކްޝަން މަސައްކަތެއްގައި އޭނާ ކޮނެގެން ނެގިއިރު ހަށިގަނޑު ހަލާކުނުވާތީ މިހާރު އޭނާގެ ހަށިގަނޑު ވަނީ މިއުޒިއަމެއްގައި ބިއްލޫރި ކޮއްޓަކަށް ލާފައެވެ. 

your imageލަންކާސްޓާ ބަލަން ކިއު ހަދައިގެން 

އޭނާ ކޮނެގެން ނެގުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭނާގެ އަންހެން ކޮއްކޮ ވިލްހެލްމިނާ ލަންކަސްޓާއެވެ. އޭނާ އެކަން ކުރީ އޭޕްރީލް މަހުއެވެ. ނަމަވެސް މިކަން ދުނިޔޭގެ ސަމާލުކަމަށް އަންނަންްފަށާފައިވަނީ މި ހަފްތާގެ ތެރޭގައެވެ. 

ލަންކާސްޓާ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ "މުއުޖިޒާތެއްކަމަށް" ގިނަބަޔަކު ގަބޫލުކުރާއިރު، އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ވަކި ހާލަތްތަކެއްގައި ހަށިގަނޑުތައް މަޑުމަޑުން ގިރައިގެން ދިއުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. 

ލަންކާސްޓާގެ ހަށިގަނޑުގެ ސައިންޓިފިކް ތަހުލީލުތަކެއް ހެދުމަށް ބައެއް ސައިންސުވެރިން ވެސް އަންނަނީ އެދެމުންނެވެ. 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް