
އުމުރުން 52 އަހަރުގެ ކެވިން އަކީ، މީގެ ދުވަސްތަކެއްކުރިން ފިޓް މީހެއް ނޫނެވެ. އަދި ރަނގަޅު ސިއްހަތެއްގައި ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް އޭނާ މިވަނީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައެވެ.
"އަލްޓިމޭޓް ޕާފޯމަންސް" އިން ދަތުރެއް ފެށިއިރު، އޭނާ ވަނީ 12 ކިލޯ (26 ޕައުންޑް) ލުއިކޮށްފަ އެވެ.
އޭނާއަށް މިހާރު އިހުސާސް ކުރެވެނީ އޭނާ ޒުވާންވެ، ފިޓްވެ، ވަރުގަދަވެ އަދި ނަފްސާނީ ގޮތުން ތޫނު މީހަކަށްވީ ކަމުގެ އިހުސާސެވެ.
ސިކްސް ޕެކް އެބްސް ވެސް ވެސް އޭނާ މިހާރު ހޯދާފައިވާއިރު، ކެވިން ގަބޫލުކުރާ ގޮތުގައި ފިޓްވާން މާ މުސްކުޅި އުމުރެއް ނޯވެއެވެ.
ކެވިން ޖިމްގައި
ކެވިން ޒުވާންކަން އިއާދަ ކުރުމަށް ކުރި ބައެއް މަސައްކަތް:
އޭނާ މަސައްކަތް ފެށީ އޭނާގެ ހަރުކަށި ޑައިޓާއި ކަސްރަތު ޕްލޭނަކަށް ތަބާވެގެންނެވެ.
އޭނާ ހަފްތާއަކު 3-4 ފަހަރު ޕާސަނަލް ޓްރެއިނަރަކާއެކު ކަސްރަތުކުރެއެވެ.
ހަމައެހެންމެ ހަމައަށޤ ނިދުމާއި ގިނަ އަދަދަކަށް ފެން ބޯން ވެސް އޭނާ ވަނީ ޔަގީންކޮށްދީފަ އެވެ.
12 ހަފްތާ ފަހުން ކެވިންގެ ބަރުދަން 12 ކިލޯ (26 ޕައުންޑް) ލުއިވެ، މަސްތަކަށް ބައްޓަން އަންނަންފެށިއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އޭނާއަށް ވަރަށް ރަނގަޅު އިހުސާސެއް ކުރެވުނެވެ.
އޭނާއަށް ރަނގަޅު ނިދި ލިބި، ހަކަތަ އިތުރުވެ، ސްޓްރެސް ވެސް މަދުވިއެވެ. ފޯކަސް ރަނގަޅުވެ، މަސައްކަތުގައި އުފެއްދުންތެރިކަން ވެސް ފާހަގަކޮށްލެވެއެވެ.
ކެވިން އަކީ މިހާރު އެހެން މީހުންނަށް މިސާލެކެވެ. ކޮންމެ އުމުރެއްގައި ވެސް ފިޓްނަސްގެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމުގެ ހެއްކެކެވެ.