ads
ވީޑިއޯއިން ނަގާފައިވާ ސްކްރީމް ޕްރިންޓެއް
މަޖަލަކަށް ޗަކަގަނޑަށް ފުއްމާލި ކުޑަ ކުއްޖަކު މަރުން ސަލާމަތްވީ ކިރިޔާ
އިންޑިއާގައި ކުޑަ ކުއްޖަކު މަޖަލަކަށް ޗަކަގަނޑަކަށް ފުންމާލުމުން ޗަކަގަނޑުގައި ތާށިވެ ތެޅެނިކޮށް ސަލާމަތްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އުމުރުން އަށެއްކަ އަހަރުގެ ކުޑަ ކުއްޖާ ޗަކަގަނޑަކަށް ފުންމާލާ ތަނެވެ.

ބޯކޮޅު ތިރިއަށް ފުންމާލި ނަމަވެސް ބޯ ޗަކަގަނޑަށް ވަދެ، އެކުއްޖާ އުއްޑުން ވެއްޓުނެވެ. އަދި ބޯ އެއްކޮށް ޗަކަގަނޑަށް ވަދެވައިވާއިރު، އޭގެން ސަލާމަތްވާން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވެ ކުއްޖާ ތެޅެން ފެށިއެވެ.

އޭނާ ސަލާމަތްކުރީ އެ ސަރަހައްދުގައި ހުރި މީހަކަށް ފެނިގެން ދުވެފައި އައިސް އަތުގައި ހިފާ ދަމާފައި ޗަކަގަނޑުން ނެގުމުންނެވެ. 

މިހާދިސާގައި ކުއްޖާ ކިރިޔާ މަރުން ސަލާމަތްވި އިރު، ޗަކަގަނޑުން ނެގިއިރު އޭނާ ވަނީ ވަރަށް ބޮޑަށް ނޭވާ ހާސްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް