ads
މަލައިކާ އަރޯރާ
މަލައިކާ އަރޯރާ އަސްލު އުމުރު އޮޅުވާލިކަމުގެ ތުހުމަތު
މަލައިކާ އަރޯރާ އާއި އަރްބާޒް ހާން އާއި ސާޖިދު ހާން ދީފައިވާ އިންޓަވިއުއެއް ސޯޝަލް މީޑިއާގައި އަލުން ފެންމަތިވެ، މަލައިކާގެ އަސްލު އުމުރާ މެދު ސުވާލު އުފައްދަން ފަށައިފިއވެ.

އިންޓަވިއުގައި މަލައިކާ ހާމަކުރާ ގޮތުގައި އޭނާ އުފަންވީ 1973 ވަނަ އަހަރުއެވެ. އެއީ ތެދެއްކަމަށް ވާނަމަ 2023 ވަނަ އަހަރު އޭނާގެ އުމުރުން 50 އަހަރު ވާނެއެވެ.  މިކަމުގެ ސަބަބުން މަލައިކާ އޭނާގެ އުމުރު އޮޅުވާލައިގެންއުޅޭ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ މަލައިކާއަށް 50 އަހަރުވެއްޖެކަން. އުމުރަށް ބަލާއިރު އޭނާ ފެންނަނީ އަޖައިބު ކުރުވަނިވި ގޮތަކަށް،" މަލައިކާގެ އިންޓަވި ބެލި މީހަކު ކޮމެންޓުކޮށްފައިވެއެވެ.

އޭނާގެ އުމުރާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މަލައިކާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މަލައިކާގެ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިން އޭނާގެ އުމުރަށް ވުރެ ޒުވާން ގޮތަކަށް ފެންނަން އެހީތެރިވެދީފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް