ads
މެކް ޑޮނަލްޑްސް
މެކް ޑޮނަލްޑްސްގެ ޗިކަން ނަގެޓްސް ކައިގެން ކުޑަ ކުއްޖަކަށް ނުރައްކާތެރި ބައްޔެއް ޖެހިއްޖެ
މަޝްހޫރު ފާސްޓު ފުޑު ޗެއިން "މެކް ޑޮނަލްޑްސް" އިން ނުކައްކައި ހުރި ޗިކަން ނަގެޓްސް ކުޑަކުއްޖަކަށް ވިއްކައިގެން އެ ކައިގެން އެ ކުއްޖާއަށް ނުރައްކާތެރި ބައްޔެއް ޖެހުނު މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

އަނާ ކޫޕަރު ކިޔާ ނިއުޒިލޭންޑު އަންހެނަކު، އޭނާގެ 7 އަހަރުގެ ދަރިފުޅަށް ހޯމަ ދުވަހުގެ ހަވީރު ހިލްމޯޓަން މެކްޑޮނަލްޑްސް އިން 10 ޕެކްގެ ކުކުޅު ނަގެޓްސް އޯޑަރު ކުރި އެވެ.

ދަރިފުޅު އޭގެ ތެރެއިން އެއް ނަގެޓް ކެއުމަށްފަހު ކޫޕަރަށް ފާހަގަ ކުރެވުނީ ނަގެޓްގެ މެދު ރޯ ނުފިލުވައި ހުރި ކަމެވެ.

އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރަށް ދެއްކުމުން، ރޯނުފިލުވައި ހުރި ކުކުޅު ކެއުމުން ޖެހޭ ކާނާ ވިހަވާ ބައްޔެއް ކަމަށްވާ ކެމްޕައިލޮބެކްޓީރިއޯސިސް އެ ކުއްޖާއަށް ޖެހިފައިވާކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. 

ކޫޕަރު ބުނީ އެ ހާދިސާއާ މެދު އޭނާ "ނަފްރަތު" ކުރާ ކަމަށާއި ދެން މެކްޑޮނަލްޑްސްގައި ކާން ނުކެރޭނެ ކަމަށެވެ.

މި ހާދިސާގައި މެކްޑޮނަލްޑްސް އިން ވަނީ މައާފަށް އެދި، ކަން ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އަދި ފާއިތުވި ހަފްތާތަކުގައި މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓްތަކުން ރޯ ކުކުޅު ދޫކުރާ ކަމުގެ އިތުރު ބައެއް ރިޕޯޓްތައް ވެސް ދާދިފަހުން ވަނީ އާންމުވެފައެވެ. މިފަދަ ހާދިސާއެއްގައި އޯކްލެންޑްގެ އަންހެނަކަށް ރޮލާއޮތް މެކްސްޕައިސީ ޗިކަން ބާގަރެއް ދީފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.  

މެކްޑޮނަލްޑްސް އިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް ސީރިއަސްކޮށް ބަލާ ކަމަށާއި އެ ހުރިހާ ހާދިސާތަކެއް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުނީގެ ހުރިހާ ރެސްޓޯރެންޓެއްގައި ވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ރަނގަޅު އުސޫލުތަކަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ކެމްޕައިލޮބެކްޓީރިއޯސިސް އަކީ އާންމުކޮށް ކާނާ ވިހަވާ ބައްޔެކެވެ. މިއީ ރޯ ނުވަތަ ކައްކާފައި ނުވާ ކުކުޅު ކެއުމުން ޖެހޭ ބައްޔެކެވެ. ކެމްޕިލޯބެކްޓީރިއޯސިސްގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށްހިންގުން، ހުމުގެ އަސަރު، ބޮލުގައި ރިހުން، މަސްތަކުގައި ރިހުން، ބަނޑުގައި ރިހުން، އަދި ހޮޑުލުން ހިމެނެއެވެ. ސީރިއަސް ހާލަތްތަކުގައި ކެމްޕިލޯބެކްޓީރިއޯސިސް ޖެހުމުން ހޮސްޕިޓަލުގައި ފަރުވާ ދިނުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް