ads
ދިރުހަމް
ޝްކޮލާޝިޕްގެ ނަމުގައި 40 މިލިއަން ދިރުހަމް ވަގަށް ނެގި މީހަކު ޖަލަށް
އަބޫދާބީގެ ކޯޓަކުން މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ކުށުގައި މީހަކު 25 އަހަރަށް ޖަލަށް ލާން ނިންމައިފި އެވެ.

މިއަދު އަބޫދާބީ ކޯޓެއްގައި ކުރިއަށް ދިޔަ ޝަރީއަތިގައި ބުނެފައިވަނީ ޕަބްލިކް އޮތޯރިޓީއެއްގައި ވަޒީފާ އަދާކުރަމުން އައި އެމީހާ މަގާމުގެ ބޭނުން ހިފައިގެން ދޮގު ސްކޮލަޝިޕް ޑޮކިއުމަންޓް އުފައްދައި ގަވާއިދާ ހިލާފަށް އެ އޮތޯރިޓީން 40 މިލިއަން ދިރުހަން (167,311,134.72 ރުފިޔާ) ހޯދާފައިވާކަމަށެވެ. 

ވަގަށް ނަގާފައިވާ ފައިސާ ބޭނުންކޮށްގެން ލަގްޒަރީ ކާރުތަކާއި ހާއްސަ ނަންބަރު ޕްލޭޓްތަކާއި ގަހަނާތަކާއި އަގުބޮޑެތު ޗުއްޓީ ހޭދަކުރުން  ހިމެނޭ ގޮތަށް އަގުބޮޑު ދިރިއުޅުމެއް އޭނާ ހޭދަކޮށްފައިވެއެވެ. 

އޭނާ ޖަލަށްލުމުގެ އިތުރުން އޭނާގެ ހުރިހާ މުދަލެއް ހިފެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް