ads
އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދަށް
ރަހުމަތް ލައްވާނީ ރަހުން ކުރާ މީހަކަށް: ހުތުބާ
ރަހުމަތް ލައްވާނީ ރަހުން ކުރާ މީހަކަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ މާތް ﷲގެ ތަނަވަސްކަމަށް އެދޭ ކަމަށްވާނަމަ ﷲގެ ރަހުމަތްފުޅު ތަނަވަސްވެގެންވާނެ ކަމަށާއި، އެކަލާނގެ ރަހުމަތް ލައްވާނީ އެހެންމީހުންނަށް ރަހުމް ކުރާ މީހަކަށް ކަމަށެވެ.

ރަހުމަތުގެ ގޮތުގައި ކިީރިތި ގުރުއާން ބާވާލައްވާފައިވާ ކަމަށާއި، ﷲގެ މަގަށް މިސްރާބު ކޮށްދޭ ސަމުގާ އަކީ ގުރުއާނުގެ ފޮތް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އެއީ މުނިފޫހި ފިލުވައިދޭ މިތުރެއް ކަމަށާއި، ކަންބޮޑުވުންތައް ދުރަށް ލައިދޭ އެކުވެރިއެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. 

އެހެނަކްމުން ކަންބޮޑުވުންތަކާއި ދުރަށް ދާން ބޭނުންނަމަ ގުރުއާން ކިޔަވަން ޖެހޭ ކަމަށާއި، އަދި ގުރުއާން ކިޔަވާ މިހަކަށް ކަންބޮޑުވުންތަކާއި ހާސްކަން ދުރުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައިއެވެ.

ނަފްސުގެ ރައްކާތެރިކަމަށް އެދޭ މީހާ ގިނަގިނައިން ގުރުއާން ކިޔެވުމަށާއި، އޭރުން ސުވަރުގެ ހާސިލް ކުރެވޭނެ ކަމަށްވެސް ބުނެފަވެއެވެ. އިތުރަށް ހުތުބާގައި ފާހަގަކޮށްފައިވަނީ މިގޮތަށް އަމަލުކޮށްފިނަމަ ﷲގެ ކޯފާއިން ދުރައްދެވި ގިޔާމަތް ދުވަހު ހިތާމަ ކުރަން ނުޖެހޭނެ ކަމަށެވެ. 

މި ގޮތަށް އަމަލު ކޮށްފި އަޅަކަށް އެކަލާގެ ރަހުމަތް ލައްވާނެ ކަމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް