ads
ވިލިމާލެ ރޭގަނޑު ދުރުން ފެންނަ ގޮތް
ވިލިމާލޭގައި ދިރިނޫޅެވޭ އެޕާޓްމަންޓެއް، އެއް ފާހާނާގައި ތިން މަރު
އިންޑިއާގެ އަވަށެއްގައި ހުންނަ އެޕާޓްމަންޓް ބިލްޑިން އެއްގައި މަރުގެ ހާދިސާތައް ގިނަވެ އެތާންގައި މީހުނަށް ދިރިނޫޅެވޭ މައްސަލަ ބޮޑުވެފައިވާވާތީ އެކަން އިއްޔެ ރިޕޯޓް ކުރިއެވެ. ސީއެންއެމްގައި އެ ލިއުން ޖެހުމުން މިއަދު މެންދުރު ރައްޓެއްސަކު ގުޅިއެވެ. ދައުވަތު ދިނީ މެންދުރުގެ ކެއުމަކަށެވެ.

ގޮސް އިށީނުމާއެކު އޭނަ ފެށީ އެވާހަކަ އެވެ. މީގެ އަހަރުތަކެއް ކުރިން ވިލިމާލޭ ފްލެޓެއްގައި ދިރިއުޅުނު ރަހުމަތްތެރިޔާ ކިޔައިދިނީ ވިލިމާލޭގެ އެ ފްލެޓްގައިވެސް އެކަހަލަ އެޕާޓްމަންޓެއް ހުންނަ ކަމުގެ ވާހަކަ އެވެ. 

ރަހުމަތްތެރިޔާ ބުނިގޮތުން އޭނާ އެތަނުގައި ދިރިއުޅުނު އިރުވެސް އެ އެޕާޓްމަންޓާ ގުޅޭގޮތުން ތަފާތު ވާހަކަތައް އިވެއެވެ. އަދި އެތަނުން ރޫހާނީ ބައެއް ކަންކަން ފެންނަކަމުގެ ވާހަކަ އާއި އަޑުތައް އިވޭ ކަމުގެ ވާހަކަ އޭނާ ކިޔައިދިނެވެ.

ހާއްސަކޮށް އެތަނުގެ އެއް ކޮޓަރީގެ ފާހާނާގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިން މީހަކު މަރުވި ވާހަކަ ބުންޏެވެ. ރަހުމަތްތެރިޔާ ބުނީ އެތަނަށް ބަދަލުވާ މީހުނަށްވެސް އެތަނުގައި މާގިނަ ދުވަހު ނުތިބެވޭކަމަށާއި ކޮންމެވެސް ކަމެއް ދިމާވެގެން އެތަނުން ނިކުންނަން ޖެހޭ ކަމަށެވެ. އެހެންވެ އެތަނުގައި މީހުން ނޫޅެ ވަރަށް ގިނަ ދުވަހު ފަޅަށް ބަހައްޓަން ޖެހޭކަމަށްވެސް އޭނާއަށް ލިބުނު މައުލޫމާތުގެ އަލީގައި ކިޔައި ދިނެވެ.

ރަހުމަތްތެރިޔާ ބުނީ ވަރަށް ފަހަކުންވެސް އެ އެޕާޓްމަންޓްގެ ވާހަކަ ދެއްކުމުން، އެތަނުގައި އެއްވެސް ބަޔަކު ދިރުނޫޅޭތާ އެތައް ދުވަހެއް ވެފައިވާކަން އެނގުނު ކަމަށެވެ. އެކަން ޔަގީންކުރަން އެކަމުގެ ހަގީގަތް އެނގޭ ބައެއް މީހުނާ ވާހަކަ ދައްކަން ރަހުމަތްތެރިޔާ އެދުނު ނަމަވެސް އެވާހަކަ ދައްކަން އެއިން އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ.


24%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް