ads
އިނގިލީގައި ބޭސް އަޅާފައި
ފިރިމީހާ ލޯބިން ކުރި ކަމަކުން އަނބިމީހާ ބޮޑު ވޭނެއްގައި
އިންޑިއާއަކީ ކޮންމެ ދުވަހަކުވެސް އާދަޔާ ހިލާފު އެތައް ކަމެއް ހިނގާ ގައުމެކެވެ. ނުރައްކާތެރި އެތައް ކަމެއް ހިނގާ ގައުމެކެވެ. އަދ ގަބޫލުކުރަން ދަތި އެހެން ނަމަވެރސް ހަގީގީ އެތައް ހާދިސާއެއް ހިނގާ ގައުމެކެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަމްހޯރާގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގިކަމަކުން އަނބިމީހާއަށް މިވަނީ ބޮޑު ވޭނެއް ތަހައްމަލް ކުރަން ޖެހިގައެވެ.

ދެ މީހުން މަޖާކޮށް ސަކަރާތް ޖަހަމުން ގޮސް، ފިރިމީހާ އަނބިމީހާގެ ވައަތު ޝަހާދަތް އިނގިލީގައި ދަތް އެޅީއެވެ. ނަމަވެސް ފަހުން އެކަންވީ ބޮޑު ވޭނަކަށެވެ.

ފިރިމީހާ މަޖަލަކަށް އަނބިމީގާގެ އިނގިލީގައި ދަތް އެޅީވެސް މާ ބާރަށް ނޫން ކަމަށް ވެއެވެ. ނަމަވެސް އިރު އެރީ އަންހެން މީހާގެ އެއިނގިލީގައި ރިއްސާ ދުޅަވެ އެކަމުގެ ވޭނުގައި އުޅެނިކޮށެވެ. އެވަރުންވެސް އެއީ މާބޮޑުކަމަކަށް ނުހަދާ ތަދުކަނޑުވާ ބޭހެއް އުނގުޅައިގެން ހަމަޖައްސާލެވޭތޯ ބެލިއެވެ.

ނަމަވެސް ދުޅަ ބޮޑުވެ ޖެހިގެން އިން އިނގިލިވެސް ދުޅަވުމުން ދެމަފިރިން ނިންމީ ޑޮކްޓަރަށް ދެއްކުމަށް ދިއުމަށެވެ. އަދި ހޮސްޕިޓަލަށް ދިޔައެވެ.

ޓެސްޓްތައް ހެދުމަށް ފަހު، ޑޮކްޓަރުން ބުނީ އެ ހާދިސާގައި ހަނގަނޑު ތެރެއަށް ނޭންގި ނަމަވެސް ޖަރާސީމެއް ވަދެ، އެލާޖިކްވެސް އަނބިމީހާގެ ހިނގިލި ވިހަވެފައިވާ ކަމަށެވެ. އަދި އެކަން އެއްކޮށް ރަނގަޅުވެ ކުރިން ހުރިގޮތަށް ނޯމަލްވާން މަހެއްވަރު ނަގާނެކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

60%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް