ads
ބިލީ އާއި ގްރެގް ޝެފަރޑް އާއިލާއެކު ރާއްޖޭގައި
އާއިލާއަކުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނިކޮށް ދިމާވި ނުރައްކާތެރި ހާދިސާ
އިނގިރޭސި ވިލާތުގެ ޓީވީ ތަރިންކަމަށްވާ ބިލީ އާއި ގްރެގް ޝެފަރޑް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ބިލީ އާއި ގްރެގް ޝެފަރޑްގެ ރާއްޖޭގެ ޗުއްޓީ ގޯސް ގޮތަކަށް ބަދަލުވީ ގްރެގްގެ ބައިސްކަލް މޫދަށް ވެއްޓިގެން ދިމާވި ނުރައްކާތެރި ހާދިސާގެ ސަބަބުންނެވެ. 

އެ ދެމަފިރިން ތިބި ރިސޯޓުގެ މޫދުގައި އަޅާފައި އޮތް ފާލަމުގައި ރޮމޭންޓިކް ބައިސްކަލް ބުރެއް ޖަހަމުން ދަނިކޮށް ގްރެގްގެ ބައިސްކަލު ކޮންޓްރޯލް ގެއްލިގެން ގޮސް މޫދަށް ވެއްޓުނެވެ. ބިލީ އަވަސް އަވަހަށް މޫދަށް ފުންމާލައިގެން ބައިސްކަލު ސަލާމަތް ކުރެވޭތޯ ބެލިނަމަށް ބައިސްކަލު އަޑިއަށް ދިއުން ހުއްޓުވޭ ގޮތެއް ނުވިއެވެ.

އެނެމް ފަހުން އެ ދެމަފރިން ވެސް އޮއިގަނޑެއްގައި ޖެހި ރިސޯޓާ ދުރަށް ދިޔައެވެ. އެ ދެމަފިރިން މޫދުން ނޭރި ތިއްބައި، ސަލާމަތް ކުރީ ކައިރިން ދިޔަ ދޯންޏަކުންނެވެ. 

އެ ހާދިސާއިން އެމީހުންގެ ޗުއްޓީ އިތުރަށް ޝައުގުވެރިވެއްޖެކަމަށް ދެމަފރިން އިންޓަވިއު ދީފައިވާ އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް