ads
ކިމް ކާޑޭޝިއަން އޭނާގެ ދަރިންނާއެކު
މުއްސަނދި ދިރިއުޅުމަކީ ކޮބައިކަމެއް ދަރިންނަކަށް ނޭގެ: ކިމް ކާޑޭޝަން
މުސަނދި ދިރިއުޅުމެއްގައި އުޅުމަކީ ކޮބައިކަމެއް، އަދި އެފަދަ ދިރިއުޅުމަކުން ލިބެނީ ކޮންކަހަލަ ފައިދާތަކެއްކަން ދަރިންނަށް ނޭގެ ކަމަށް މަޝްހޫރު ތަރި ކިމް ކާޑޭޝަން ބުނެފިއެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ކިމް ހާމަކުރި ގޮތުގައި އޭނާގެ ކުދިން ލިބިފައިވާ ދިރިއުޅުމުގެ ވައްޓަފާޅިއަކީ އާދައިގެ ދިރިއުޅުމެއްގެ ވައްޓަފާޅިއެވެ.  އެހެންކަމުން މުއްސަނދި ދިރިއުޅުމަކީ ކޮބައިކަން  އެ ކުދިންނަށް "އެކްނޮލެޖް" ނުކުރެވެއެވެ. 

އޭނާ ބުނީ އޭނާގެ ކުދިން ބޮޑުވީ ކެމެރާތަކާއި ޕަޕަރާޒީތައް ފެނިގެން ކަމަށާއި އެހެންކަމުން އެއީ އެމީހުން ހަގީގަތުގައި ވިސްނާ ކަމެއް ނޫން ކަމަށެވެ.

އަދި އޭނާގެ އަންހެން ދަރިފުޅު ނޯތު އަކީ ހަގީގަތުގައި ވެސް ވޯކަލް ކަމަށާއި،  އަދި އަމިއްލަ ވަރުގަދަ ޚިޔާލުތަކެއް ހުރި މީހެއް ކަމަށް ވެސް ކިމް ވަނީ އެ އިންޓަވިއުގައި ބުނެފައެވެ. ބުންޏެވެ.

ކިމް އަކީ ރިއަލިޓީ ޓީވީ ތަރި އަދި ވިޔަފާރިވެރިއެކެވެ. އޭނާގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓް އާއި އެކު ހަތަރު ކުދިން ތިބެ އެވެ. އެ ކުދިންނަކީ ނޯތު، ސެއިންޓް، ޝިކާގޯ، އަދި ޕްސަލްމް އެވެ. ކިމް ކާޑޭޝަން މަޝްހޫރުވެފައިވަނީ އޭނާގެ ޝައުގުވެރި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުންނެވެ.  އޭނާ ވަރަށް ގިނައިން ސޯޝަލް މީޑިއާގައި އޭނާގެ ކުދިންގެ ފޮޓޯތައް އާންމު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް