ads
އުރުވާޝީ
ފާޑުކިޔާ މީހުން ބުނަނީ އުރުވާޝީ ވައްތަރީ ކުކުޅަކާކަމަށް!
އުރުވާޝީ ރައުޓެލާ މިއަދު ލައިގެން ނުކުތް ގައުން ވައްތަރީ "ކުކުޅަކާ" ކަމަށްބުނެ ބައެއް މީހުން ފާޑުކިޔަން ފަށައިފިއެވެ.

ކާންސް ފިލްމް ފެސްޓިވަލްގެ ފަސް ވަނަ ދުވަހު އުރުވާޝީ ރައުޓެލާ ބައިވެރިވީ ލުބުނާނުގެ ޑިޒައިނަރު ޒިޔާދު ނަކާދުގެ "ފެދާ ގައުނެއް" ލައިގެންނެވެ.

ހުދު ދޫނީގެ ފަތުން ހަދާފައިވާ މި ގައުނަކީ ޕްލަންގިން ނެކްލައިން އާއި ދިގު ރޭލެއް ޖަހާފައިވާ ގައުނެކެވެ.

ރައުޓެލާ ޒީނަތްތެރިކޮށްފައިވަނީ ޖަވާހިރުން ހަދާފައިވާ ހާރަކާއި އާއި ކަންފަތްތުގައި ލާފައިވާ ޝައުގުވެރި މުދީގެ ސަބަބުންނެވެ. 

އިސްތަށިގަނޑު ސްޓައިލްކޮށްފައިވަނީ ސްލީކް ބަން ސްޓައިލް އެއްގައެވެ. އޭނާ ކޮށްފައިހުރީ ސްމޯކީ އައި މޭކަޕްއެކެވެ.

ރައުޓެލާގެ ލުކަށް ސަޕޯޓަުންގެ ފަރާތުން ތަފާތު ކޮމެންޓުތަކެއް ލިބުނެެވެ. ބައެއް މީހުން އޭނާގެ ރީތިކަމާއި އިތުބާރަށް ތައުރީފު ކުރިއިރު، އަނެއް ބަޔަކު ފާޑުކިޔާފައިވަނީ ގައުންގެ ޑިޒައިން އަށެވެ. 

ބައެއް މީހުން ބުނި ގޮތުގައި އެ ގައުން ހީވަނީ ކުކުޅެއްހެނެވެ. ކަމަށާއި އަނެއް ބަޔަކު ބުނަނީ އެއީ މާ ބޮޑަށް ހަށިގަނޑުގެ ވަނާތައް ހާމަވާ ގައުނެކެވެ.

މިކްސްޑް ރިއެކްޝަންތައް ލިބުނު ނަމަވެސް ރައުޓެލާ ކާންސްގައި ހޭދަކުރި ވަގުތު ކަމުދިޔަ ކަހަލަ ގޮތަކަށް ރެޑް ކާޕެޓްގައި ފޮޓޯތަކަށް ޕޯޒް ކުރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް