ads
އައިޝްވާރިއާ ބުރުގާ އެޅިކަމަށް ބުނެ ފަތުރާ ފޮޓޯތަކުން ފޮޓޯއެއް
އައިޝްވާރިއާ ބުރުގާ އެޅީތަ؟
"ކާންސް ފިލްމް ފެސްޓިވަލްގެ 76 ވަނަ އެޑިޝަން" އަންނަނީ ފްރާންސްގެ ރިވިއާގައި ކުރިއަށް ދަމުންނެވެ.

މި އިވެންޓަށް އެކި ތަރިން އެކި ހެދުންތަކުގައި އަންނައިރު، އަނެއްކާވެސް ގިނަބަޔަކު މިވަނީ އައިސްވާރިއާ ރާއީ ބުރުގާ އެޅީތޯ ސުވާލުކުރަން ފަށާފައެވެ. ސަަބަބީ އޭނާ އެ ފެސްޓިވަލަށް ލައިގެން ދިޔަ ހެދުން ވައްތަރީ ބުރުގާއަޅައިގެން ތިބޭ މީހުންގެ ފެޝަނަކާއި ކަމަށް ވާތީއެވެ. ބައެއް މީހުން އަންނަނީ އައިޝްވާރިއާ ބުރުގާ އަޅައިގެން ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. 

ނަމަވެސް އައިޝްވާރީއާ ވަނީ އެނާގެ ފެޝަނާއި ގުޅޭގޮތުން ވާހަކަތައްކައި އޭނާގެ ފެޝަނުގެ ފަހަތުގައިވާ ސިއްރުތައް ކިޔައިދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާ ފެސްޓިވަލަށް ދިޔައީ "ބޯލްޑް ބްލެކް އެންޑް ސިލްވާ" ލުކް އެއްގައި ކަމަށެވެ. އެއީ ބުރުގާ އޭޅުމާއި އަދި ދީނީ އެއްވެސް ކަމަކާ ގުޅުން ހުރި ލުކެއް ނޫންކަމަށް އޭނާ ބުނެއެވެ.

އިންޑިއާއިން މިއަހަރު މި ފެސްޓިވަލުން އައިޝްވާރިޔާ ރާއީ، ސާރާ އަލީ ހާން، މަނޫޝީ ޗިލާރު، އުރުވާޝީ ރައުޓެލާ، ވިޖޭ ވަރްމާ ފަދަ އެތައް ބައިވަރު ތަރިންނެއް ވަނީ ފެނިގެން ގޮސްފައެވެ.  

27%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް