
އެގޮތުން ގޮހޮރުގައި ފާރު ހެދިފައި ހުރުމާއި، ނިއުރީ ބެސެޓް ސިންޑްރަމް، މަަސްތީނިޔާ ގްރޭވިސް ، ފައިބްރޯމަޔަލްޖިއާ ސިންޑްރަން، ޑައިބަޓީސް ޓައިޕް 2 އަދި އެޗްޓީއެން މިއީ މުޅިވެސް ޒުވާނާ ވަށާލާފައިވާ ބަލިތަކެވެ.
އޭނާގެ ހުޅުތަކާއި ސިކުނޑިއާއި ޓްރެކްޓް، ލޭ ހޮޅިތައް ބެދި ލޮލަށް ވެސް ތަފާތު މައްސަލަތައް ވަނީ ދިމާވެފައެވެ.
މިހުރިހާ ކަމެއްގެ ތެރެއަށް އިތުރުވީ އޭނާގެ ތުންފަތުގައި އުފެދުނު ކުޑަ ފާރުކޮޅެކެވެ. އެ ފާރުކޮޅު ކެންސަރަށް ބަލަދުވެ މުޅި އަނގައަށް ފެތުރި ޝައިހާން ދަނީ އެކަމުގެ ވޭން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންނެވެ. އަދި ރޭޑިއޭޝަން ނިންމުމަށްފަހު ތައިމޯމާ ސާރޖަރީ އަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި މިދިޔަ އަހަރުގައި ވަނީ ބަނޑުގެ ފަންޑޮޕްލިކޭޝަން ސަރޖަރީ އެއްވެސް ހަދާފައެވެ.
ޝައިހާން މިހާރު ތައްޔާރުވަމުން ދަނީ ތައިމޯމާ ސާރޖަރީ އަދި ކެންސަރުގެ ރީއެސެސްމެންޓް އަށްް އެ ބައްޔާއި އިތުރު ބަލިތަކަށް ފަރުވާ ކުރުމަށް އަދި ބައެއް ސާޖަރީތައް ހެދުމަށް އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހު އިންޑިއާއަށް ފުރުމަށްށެވެ.
އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އިންޑިއާއަސް ގޮސް ތިބުމާއި ކުރަން ޖެހޭ އެހެނިހެން ހަރަދުތަކަށް ޝައިހާންއަށް ތިބޭފުޅުންގެ ދީލަތި އެހީ ބޭނުން ވެއެވެ.
މައުލޫމާތު ހޯދުމަށް ގުޅާނެ ނަމްބަރަކީ 9710023 ނޫނީ 7866253 އަށެވެ.
އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓް ނަމްބަރު ތަކަށް ފައިސާ ފޮނުއްވޭނެ:
-----------------------------------------------------------------------------------
އިސްމާއިލް ޝައިހާން މުހައްމަދު (ރުފިޔާ) : 7730000268642 (ބީއެމްއެލް)
އިސްމާއިލް ޝައިހާން މުހައްމަދު (ޑޮލަރު) : 7730000430149 (ބީއެމްއެލް)
------------------------------------------------------------------------------------
އިސްމާއިލް ޝައިހާން މުހައްމަދު (ރުފިޔާ) 9040310124951000 (އިސްލާމިކް ބޭންކް)
އިސްމާއިލް ޝައިހާން މުހައްމަދު (ޑޮލަރު) 9040310124952000 (އިސްލާމިކް ބޭންކް)
------------------------------------------------------------------------------------