ads
އޭޑީކޭ ނަރުހުން ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ އޭޑީކޭ
ނަރުހުންގެ ފެޝަން ޝޯއަށް ބޮޑު ތަރުހީބެއް
ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހާއި ގުޅުވައިގެން، އޭޑީކޭގެ ފަރާތުން ބެއްވި އިވެންޓުގެ ތެރެއިން ނަރުހުން ދިން ފެޝަންޝޯއަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭއިން ވަނީ އާދިއްތަ ދުވަހުގެ ރޭ ބޮޑު އިވެންޓެއް ބާއްވާފައެވެ. 

އެ އިވެންޓުގައި ނަރުހުންގެ ތަފާތު ހުނަރުތައް ދައްކާލާފައިވާއިރު، އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވަނީ ނަރުހުންގެ ފެޝަންޝޯއަށެވެ. 

މިގޮތުން ނަރުހުންގެ ފެޝަންޝޯގައި ދެ ޖިންސުގެ ނަރުހުންވެސް ބައިވެރިވެފައިވާއިރު، އެކި ގައުމުތަކުގެ ސަގާފީ ހެދުންތަކާއި، ދިވެހި ރާއްޖޭގެ ސަގާފީ ހެދުންތަކުގެ އިތުރުން، ހަވީރީ ހެދުންތައް ދައްކާލާފައިވެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް