
ކަސްރަތު ކުރުމާއި، ނަފްސާނީ ސިއްހަތުގެ އުސޫލުތަކާއި، ކެއުމުގެ ޕްލޭންތަކުގެ ތެރެއިން ހިޔާރުކުރެވޭނެ ގިނަ ކަންތައްތަކެއް ހުރިއިރު، މި ހުރިހާ ކަމެއްގެ ވެސް އޭގެ އަމިއްލަ ފައިދާތަކެއް ލިބެ އެވެ.
އެންމެ އުމުރު ދިގު (އަދި އެންމެ ދުޅަހެޔޮ) މީހުންގެ އެންމެ ރަނގަޅު އުސޫލުތަކަށް އެދޭ ކޮންމެ މީހަކަށް، ދިގު އުމުރުގައި ދިރިއުޅުމަށް ކޮންމެހެން ކުރަން މުހިންމު ހަތަަރުކަމެއް ހިއްސާކޮށްލާނަމެވެ.
މިގޮތުން މިހާރު މުރުން 100 އަހަރާއި ގާތްވެފައިވާ ދެ މަފިރިން ކަމަށްވާ މެޑިކަލް ޑޮކްޓަރު ޑީން އޮނިޝް އަދި ލިޔުންތެރިޔާ އޭން އޮރްނިޝް ވަނީ އެމީހުން ދިގުއުމުރެއްގައި ތިބުމަށް ކުރި ބައެއް ކަންކަން ހިއްސާކޮށްފައެވެ.
ކެއުމުގައި މުޅިން ވެސް ތަރުކާރީ އާއި މޭވާ ބޭނުން ކުރުން:
އެމީހުންގެ ކެއުމުގެ އާދަތަކުގެ ވާހަކަ ދައްކާއިރު، ބޮޑަށް ފޯކަސް ކުރަނީ ފަތްޕިލާވެލި ކެއުމަށެވެ. .މިގޮތުން 90 އާއި 100 ޕަސެންޓާ ދެމެދުގެ އަދަދަކަށް ގަސްގަހާގެހިން އުފައްދާ ކާނާ ނުވަތަ ތަރުކާރީއާއި މޭވާ އަދި ތަފާތު ބާވަތްތަކުގެ ފަތްޕިލާވެލި އެމީހުންކައެވެ. އެހެނީ ތަރުކާރީ، މޭވާ، ދަނޑުވެރިކަމުގެ ބާވަތްތައް، އަދި ބިސް ފަދަ ކާނާތަކުގެ ސަބަބުން ހިތާއި ގޮހޮރު އަދި ސިކުނޑިއަށް ފައިދާ ކުރާތީ އެވެ. ފަތްޕިލާވެލީގެ ކާނާ ކެއުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވުމާއި، "ޓައިޕް ބީ" ހަކުރުބަލިން ރައްކާތެރިވުމާއި، ކެންސަރުގެ ނުރައްކާ ކުޑަވުމާއި، އަލްޒައިމާ ބަލިން ރައްކާތެރިވުމާ ގުޅުންހުރި ކަމެކެވެ.
މީގެ އިތރުން އެމީހުން ކަނީ ދެތިން އިންޗި ހުންނަ ވަރުގެ މަސްކޮޅުކޮޅެވެ. އަދި ބޯފެނާއި ކޮފީ އެމީހުން ބޮއެވެ.
ބަގީޗާ ހައްދައިގެން މާޔޫސްކަމާ ދުރުހެލިވުން:
ހޯދުންތަކުން ދައްކާ ގޮތުގައި މާ ދިގު ޓޫ ޑޫ ލިސްޓަކުން ނުވަތަ އެއް ރޭ މާ ގިނައިން ނިދި ނުލިބުމުން އުފެދޭ ނަފްސާނީ ހަލަބޮލިކަމަކީ އަހަރެމެންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ރެގިއުލޭޓް ކުރުމުގެ ގާބިލްކަން ގެއްލިގެންދާ ކަމެކެވެ.
ސައިންސްވެރިން މިހާރު ގަބޫލުކުރާ ގޮތުގައި މިއީ އަލްޒައިމާ ފަދަ ބަލިތައް އުފެދުމާއި ކުރިއެރުން ވެސް މެދުވެރިވެދާނެ ކަމެކެވެ. އެހެންކަމުން ސްޓްރެސް މެނޭޖްމަންޓަކީ ހަށިގަނޑާއި ސިކުނޑި ބަލިތަކުން ރައްކާތެރިކުރުމުގެ ވަރަށް މުހިންމު ކަމެކެވެ.
ނަސީބަކުން ސްޓްރެސް ކުޑަކުރެވޭނެ އެތައް ގޮތެއް އެބަހުއްޓެވެ. މެޑިޓޭޝަން އާއި ތަފާތު ކަސްރަތުތައް ކުރުން ހިމެނެއެވެ. އެކަމަކު މި ހުރިހާ ކަމަކަށްވުރެ ބަގީޗާ ހެދުމަކީ ފަހަރެއްގައި ސްޓްރެސް އިން ސަލާމަތްވުމަށް އެންމެ މަގުބޫލު ގޮތް ކަމަށް ވެދާނެ އެވެ. ބަގީޗާ ހެއްދުުގެ ސަބަބުން ޑިމެންޝިއާގެ އަލާމާތްތައް ލަސްވުމާއި، ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ރަނގަޅުވުން ހިމެނެއެވެ.
މުޅި ދުވަހު ހަރަކާތްތެރިކަން އިތުރުކުރުން:
މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ފިހާރަތަކަށް ހިނގުމާ، ނެށުމާ، ތައި ޗީ ޕްރެކްޓިސްކުރުމާ، ދުރުތަންތަނަށް ބައިސްކަލުގައި ދިއުމަކީ އުމުރު ދިގު ގިނަ މީހުންގެ އާދައެކެވެ.
ހިނގާބިނގާވެ އުޅުމާއި، ނަށާ އުޅުމާއި، ބައިސްކަލް ދުއްވުމަކީ ވެސް ކާޑިއޯ ވެސްކިއުލާ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
އާއިލާ އަދި އަވަށްޓެރިންނާ ގުޅުން ބަދަހިކުރުން:
ދިރިއުޅުމުގައި ތިބާދެކެ ލޯބިވާ އަދި އަޅާލާ މީހުން ތިބުމަކީ އަދި ބަދަލުގައި ތިބާ ލޯބިވާ އަދި އަޅާލާ މީހުން ތިބުމަކީ ތިބާއަށް ރަނގަޅު ކަމެކެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 75 އަހަރުން މަތީގެ މީހުންގެ ޑިމެންޝިއާގެ ނުރައްކާ އެންމެ ދަށްވެފައިވަނީ އެކި، ހިތްހަމަޖެހޭ އިޖުތިމާއީ ގުޅުންތައް ހުންނަ މީހުންނެވެ.
އެހެންކަމުން އަމިއްލަ ނަފްސު ބެލެހެއްޓޭނެ ގޮތަކާ މެދު ވިސްނާއިރު، ލޯބިވާ މީހަކާ އެކު ކޮންމެވެސް ވަގުތެއް ކޮންމެ ދުވަހަކު ވެސް ހޭދަކުރުން މުހިންމެވެ. ދިގު މުއްދަތުގައި ތިބާގެ ހަށިގަނޑު ޝުކުރުވެރިވާނެއެވެ.