ads
އަނަންޔާ ޕާންޑޭ
އަނަންޔާގެ އަތް ދަބަހަކީ ބާލިދީއެއް!
އަތް ދަބަހުގެ ގޮތުގައި ބާލިދީއެއް ގެންގުޅޭތީ އަނަންޔާ ޕާންޑޭ އަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އަނަންޔާ ވަނީ ދާދި ފަހުން އެ ސިޓީގައި ބޭއްވި އެޗްޓީ އިންޑިއާގެ މޯސްޓް ސްޓައިލިޝް އެވޯޑްސް 2023 ގައި ބައިވެރިވެފަ އެވެ.ެ

އެ އެވޯޑަށް އަނަންޔާ އައި އަތް ދަބަހުގެ ގޮތުގައި ހިފައިގެން އައީ ކުޑަ ބާލިދީއެކެވެ. ގިނަބައެއްގެ ސަމާލުކަން މިހާރު މި ބާލިދީއަށް ލިބިފައިވާއިރު، މިފަދަ އަތްދަބަސްތ ގަންނަން ލިބޭނެތޯ އަނަންޔާގެ ފޭނުން އަންނީ ސުވާލުކުރަމުންނެވެ. ނަމަވެސް މި އަތް ދަބަސް އަދި މާކެޓަކަށް ނުނެރެއެވެ.  

your imageއަނަންޔާ އޭނާގެ ބާލިދީ އަތް ދަބަހާއެކު

އަނަންޔާ ޕަންޑޭ އަކީ ހިންދީ ފިލްމުތަކުގައި މަސައްކަތް ކުރާ އިންޑިއާގެ ފިލްމީ ތަރިއެކެވެ. އެކްޓަރު ޗަންކީ ޕަންޑޭގެ އަންހެން ދަރިފުޅު އެކްޓިން ކެރިއަރު ފެށީ 2019 ވަނަ އަހަރު ޓީން ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އާއި ކޮމެޑީ ފިލްމު "ޕަތީ ޕަޓްނީ އޯރް ވޯ" އިންނެވެ. މި ޕާފޯމަންސްތަކުގެ ސަބަބުން އެންމެ މޮޅު އަންހެން ޑެބިއު އަށް ފިލްމްފެއާ އެވޯޑް އޭނާއަށް ލިބުނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް