ads
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއްގައި އަންހެން ކުއްޖަކު ރޭޕްކުރަން މަސައްކަތްކޮށްފި
ދިވެހިރާއްޖޭގެ ރިސޯޓެއްގައި އަންހެން ކުއްޖަކު ރޭޕްކުރަން މަސައްކަތްކޮށްފިއެވެ.

މިގޮތުން ރިސޯޓެއްގައި ރޭޕްކުރަން މަސައްކަތް ކޮށްފައިވަނީ ނައިޖީރިއާގެ ބްލޮގެއް ކަމަށްވާ، ޕްރެއިޒް އޮގްރޭއެވެ.

މިކަން ހާމަކުރަމުން އޭނާ ބުނެފައިވަނީ ދިވެހި ރާއްޖޭގެ ރިސޯޓަކަށް ދިއުމުގެ ދައުވަތު އޭނާއަށް ފިރިހެނެއް ދިންކަމަށެވެ. އޭނާ އެ ދައުވަތު ގަބޫލުކޮށް ރިސޯޓަށް ދިއުމުން ކަންވީ ވަރަށް ހިތާމަވެރިކޮށްކަމަށް އެނާ ބުނެފައިވެއެވެ. 

އެގޮތުން އޭނާއަށް ފައިސާ ދީގެން ޖިންސީ އެދުން ފުއްދުމަށް އޭނާއަށް ދައުވަތު ދިން ފިރިހެން މީހާ މަސައްކަތް ކުރިކަމަށް ބުންޏެވެ. ނަމަވެސް އެނާ ދެކޮޅު ހެދުމުން އޭނާ ރޭޕްކުރަން މަސަކަތް ކުރިކަމަށް ވެސް އޭނާގެ ބްލޮގުގައި ވަނީ ލިޔެފައެވެ. 

"އަޅުގނޑަކީ އަދި ދުވަހަކުވެސް މީހަކާވެސް ނީންނަމީހެއް. އަދި އަޅުގަނޑަކީ ބިކުރުވެރި އަންހެނެއް. ފައިސާއަށް ހަށިވިއްކާ މީހެއް ނޫން،" ޕްރެއިޒް ބުނެފައިވެއެވެ.

މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގައި ކަމެއް އަދި އޭނާއަށް ދައުވަތު ދިނީ ކާކުކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ނައިޖީރިއާގެ ބްލޮގަރު ވަނީ އޭނާއަށް ދިމާވި ބިރުވެރި ހާދިސާއާއެކު ރާއްޖެއިން ފުރައިގެން ގޮސްފައެވެ. 

39%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް