
ހޫނު މޫސުމުގައި މި ބާވަތް ކެއުމަށް މީހުން ލޯބިކުރާ އެކިއެކި ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ މިއީ ހައިޑްރޭޓިން އެއްޗަކަށް ވުމެވެ. މިއީ މޭވާގެ ރަސްގެފާނު ކަމަށް ކިޔަނީ މި ސަބަބަށްޓަކައެވެ.
އެއީ ރަހައާއި ސިއްހަތުގެ މޮޅު އެއްވުމުގެ އިތުރުން މުޅި ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާ ވެސް މޭވާއެކެވެ.
ބައެއް މީހުންގެ އާދައަކީ ކެއުމަށްފަހު ވަގުތުން ފިނިކޮށްފައި ހުންނަ އަނބު ކެއުމުގެ އާދަ ނަމަވެސް އަނބު ކެއުމަށްފަހު ދުރުހެލިވާންޖެހޭ މަދު ކާނާތަކެއް އެބަހުއްޓެވެ. ސަބަބަކީ އަނބު ކެއުމަށްފަހު މިފަދަ ކާނާ ކެއުމުން ފައިދާގެ ބަދަލުގައި ސިއްހަތަށް ގެއްލުން ލިބިދާނެތީ އެވެ. މިއީ އަނބު ކެއުމަށްފަހު ދުރުހެލިވާންޖެހޭ ހުރިހާ ކާނާއެއްގެ ލިސްޓެކެވެ.
ކާޑުގެ ބާވަތްތައް:
ގިނަ ބަޔަކު އަނބާއި ޔޯގަޓާއި ކިރު ފަދަ ކާޑުގެ ބާވަތްތައް އެއްކޮށް ކެއުމަށް ކަމުދެއެވެ. ނަމަވެސް މި ކާނާ އެއްކުރުމަކީ ސިއްހަތަށް ގެއްލުން ލިބިދާނެ ކަމަށް ތަޖުރިބާ ކާރުން ވިދާޅުވެއެވެ. މި ދެ ކާނާ އެއްކޮށް ބޭނުންކުރުމަކީ ބަނޑާ ގުޅުންހުރި މައްސަލަތައް ކުރިމަތިވާ ކަމެކެވެ.
ކާޑު
ފާގަ:
ފާގަ އަކީ ހޫނު މޫސުމުގައި ކެއުމަށް ބޭނުންކުރާ މަގުބޫލު އެއް ތަރުކާރީ އެވެ. އެކަމަކު، އަނބު ކެއުމަށްފަހު ފާގަ ނުވަތަ ފާގައިން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ކެއުމަކީ މައްސަލަތަކެއް ދިމާވާކަމެކެވެ. މި ދެ ކާނާ އެއްކޮށްލައިފިނަމަ މޭނުބައިކުރުމާއި ހޮޑުލުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.
ފާގަ
ކުޅި ކާ ތަކެތި:
ހޫނު މޫސުމުގައި މެންދުރުގެ ކެއުމަށްފަހު މި މީރު މޭވާ ކެއުމަކީ އާންމު ކަމެކެވެ. އެކަމަކު، ކުޅި ކާނާއާއެކު އަނބު ބޭނުން ކުރާއިރު، ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ. މިއީ އަނބު އާއި އެކު ރަހަ މީރަސް ކުޅި ކާނާ ބޭނުން ނުކުރަން ޖެހޭ ސަބަބެވެ.
ކުޅި ކާނާ
ފިނި ބުއިންތައް:
އަނބު ކެއުމަށްފަހު ވަގުތުން ސޯޑާ ނުވަތަ ފިނި ބުއިންތައް ބޯނަމަ، މި ދެ ބާވަތުގައި ވެސް ހަކުރު ގިނައިން ހުންނައިރު، ހަކުރުގެ މިންވަރު ހަށިގަނޑުގައި އިތުރުވެދާނެ އެވެ.
ސޮޑާ ފަދަ ފިނި ބުއިންތައް
ފެން:
މޭވާ ކާގޮތައް ގިނަ އަދަދެއްގެ ފެން ބުއިމަކީ ގިނަ ބައެއްގެ އާދައެކެވެ. މިފަދަ ހާލަތެއްގައި އަނބު ކެއުމަށްފަހު ފެން ބޯނަމަ ދެން އޭގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް އަސަރުކޮށް ބޭރަށް ހިންގުން ވެސް މެދުވެރިވެދާނެ އެވެ. އެހެންވެ ކާއެއްޗެހި އަދި އަނބު ފަދަ މޭވާ ކެއުމަށްފަހު ބައިގަޑިއިރު ފަހުން ފެން ބުއިމަކީ ރަނގަޅު އާދައެކެވެ.
ފެން