ads
ޓްރަމްޕު އަދި ކެރޯލް
ޓްރަމްޕުކުރި އަނިޔާވެރި ރޭޕުގެ ތަފްސީލު ގިސްލާ ރޮމުން ކިޔައިދީފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އެޑްވައިސް ކޮލަމިސްޓް އީ ޖީން ކެރޯލް ރޭޕު ކުރި ގޮތުގެ ތަފްސީލު އޭނާ މިއަދު ކޯޓުގައި ގިސްލާ ރޮމުން ކިޔައިދީފިއެވެ.

މިއަދު ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ ކެރޯލް ރޭޕުކުރި ވާހަކަ ދެއްކީ އެނާގެ ފޮތް ވިއްކަން ވެގެންކަމަށް ވިދާޅުވެ ޓްރަމްޕު ދައްކަވާފައިވާ ވާހަކަތަކުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދުމުން ކުރިއަށް ގެންދިޔަ އަޑުއެހުމެވެ. 

މި  އަޑުއެހުމުގެ ދައުލަތުގެ ފަރާތުންނާއި، ޓްރަމްޕުގެ ފަރާތުން މިއަދު ވަނީ ކެރޯލް އާއި ޓްރަމްޕު ރޭޕުކުރި ގޮތުގެ ތަފްސީލު ސުވާލުތަކެއް ކޮށްފައެވެ.

އަބުރުގެ މައްސަލައިގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކެރޯލް ކުރި ސިވިލް ދައުވާގެ ތިން ވަނަ ދުވަހު ޓްރަމްޕްގެ ވަކީލު ޖޯ ޓަކޯޕީނާ، ބުނި ގޮތުގައި އޭނާގެ ތުހުމަތު ބޭނުންކުރީ ފޮތެއް ވިއްކުމަށް މަގުބޫލުކަން ހޯދާށެވެ. އަދި 2016 ވަނަ އަހަރު ޓްރަމްޕު ވެރިކަމަށް ކުރިމަތި ލެއްވިއިރު ވެސް އެވާހަކަ ނުދެއްކީ ކީއްވެތޯ އެނާ ކެރޯލް އާއި ސުވާލުކުރިއެވެ. 

ކެރޯލް ބުނާގޮތުން ޓްރަމްޕު އޭނާ ރޭޕްކުރީ 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ނިއުޔޯކްގެ ޑިޕާޓްމަންޓް ސްޓޯރެއްގެ ޗޭންޖިން ރޫމެއްގައެެވެ.

your imageލިޔުންތެރިޔާ އީ ޖީން ކެރޯލް

ކެރޯލް ބުނީ ޓްރަމްޕުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ނިއުޔޯކް ޓައިމްސް އިން ހާވީ ވެއިންސްޓައިންގެ ޖަރީމާތައް ހާމަކުރުމުން މުޅި އެމެރިކާގެ އަންހެނުންނަށް ޖިންސީ އަނިޔާގެ އަމިއްލަ ތަޖުރިބާތައް ކިޔައިދިން "މީޓޫ"  ހަރަކާތުގެ ސަބަބުންކަމަށެވެ. 

ޓްރަމްޕް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އިރު އެކަމަނާ ވާހަކަ ނުދެއްކީ ކީއްވެތޯ ސުވާލު ކުރުމުން ކެރޯލް ބުނީ އޭރު އޭނާއަށް އެވާހަކަ ދައްކާނެ ހިތްވަރެއް ނެތްކަމަށެވެ.  

"އަހަރެން ދުވަހަކުވެސް ޑޮނަލްޑް ޓްރަމްޕް ކުރި ކަންތައްތަކުގެ ވާހަކަ ދައްކާނުހަދަން ކުރިން ދުވަހަކުވެސް،"

ޓްރަމްޕުގެ ވަކީލު ވަނީ ހަޅޭއްލަވައި ނުލަނީ ކީއްވެގެންތޯއާއި، އޭނާ އެވަގުތު ހޭން ފެށީ ކީއްވެތޯ ސުވާލުކޮށްފައެވެ.  

ކެރޯލް ބުނީ ޗޭންޖިން ރޫމްގައި ކުއްލިއަކަށް ޓްރަމްޕް އޭނާއަށް ހަމަލާ ދިނުމުން އޭނާއަށް ހަދާނެ ގޮތް ނޭގިގެން ހޭން ފެށުނުކަމަށެވެ. 

"ހުނުމަކީ ފިރިހެނަކު އެއްވެސް ޝަހުވަތްތެރި ނިޔަތެއް އޮތްނަމަ ހަމައަކަށް އެޅުވުމަށް ވަރަށް ރަނގަޅު ހަތިޔާރެއް ކަމަށް އޭރު އަޅުގަނޑަށް އެނގިފައޮތީ،" ކެރޯލް ބުންޏެވެ.

މިހެންކަމުން ޓްރަޕުގެ ދިފާއީ ވަކީލުން ތަކުރާރުކޮށް ކެރޯލް ގާތު އޭނާ ހަޅޭލަވައި ނުގަތީ ކީއްވެތޯ ސުވާލުކުރިއެވެ. 

“އަޅުގަނޑު ހުރީ މާ ބޮޑަށް ބިރުގަނެގެން ހަޅޭއްލަވައިގަންނަން، އަޅުގަނޑަށް ހަޅޭއްލަވައެއްވެސް ނުގަނެވުނު ނުވެސް ޖެހުނު،" ކެރޯލް ބުންޏެވެ.

ކެރޯލް ބުނީ ރޭޕް ރިޕޯޓްކުރާ އަންހެނުންނާ ހަޅޭއްލަވައި ނުލެވުނީ ކީއްވެތޯ ގިނައިން ސުވާލު ކުރާ ކަމަށާއި އެއީ ފުލުހުންނަށް ވެސް ގިނަ މީހުން ނުދާ އެއް ސަބަބު ކަމަށެވެ.

“ މިބުނަނީ އަޅުގަނޑު ހަޅޭއްލަވައިގަތް ކަމުގައި ވިޔަސް ނުވިޔަސް ރޭޕް ކުރި ކަމަށް” އަޑު ފަޅައިގެން ގޮސް ރޮމުން ކެރޯލް މިއަދު ކޯޓުގައި ބުންޏެވެ. 

އަދި ފުލުހުންނަށް ނުގުޅައި، އޭގެ ބަދަލުގައި އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ލީސާ ބިރްންބަކް އަށް ގުޅާފައިވާތީ ވެސް ސުވާލުކުރިއެވެ. 

އޭނާ ބުނީ ރޭޕު ކުރި ނަމަވެސް ފުލުހުންނަށް ދާން ފަސް ޖެހުނީ ޓްރަމްޕަކީ ބާރުގަދަ މީހަކަށް ވާތީކަމަށެވެ. 

“އެއީ އަހަރެން ބޭނުންވި ނަސޭހަތް އެހެންވީމަ އެއީ އަހަރެން ތަބާވި ނަސޭހަތް،” ކެރޯލް ބުންޏެވެ.

މީގެ 30 އަހަރު ކުރިން ހިގާފައިވާ ރޭޕުގެ މައްސަލައިގައި އޭނާ މިހާ ދުވަހު ފުލުހަށް ނުގޮސް މަޑުކުރި ސަބަބު ކިޔައިދެމުން އޭނާ ބުނީ “ގިނަ އަންހެނުން ފުލުހަށް ނުދޭ. އަހަންނަށް ވިސްނޭ ކީއްވެގެންކަން، އެއީ އެމީހުން ކުރާ ސުވާލަކީ ކީއްވެތޯ ބާރަށް ހަޅޭލަވައިނުގަތީ،”ރޭޕް ކުރި ވަގުތު ބާރަށް ހަޅޭ ނުލެވީ ކީއްވެތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ކެރޯލް ބުންޏެވެ. 

ކެރޯލް ކިޔައިދިން ގޮތުގައި އޭނާއަށް ޓްރަމްޕު ހަމަލާ ދިނީ ޑްރެސިން ރޫމެއްގެ ތެރެއިން އޭނާ ފާރާލައި ފިއްތާލައިގެންނެވެ.     

“އޭނާގެ އިނގިލިތައް އަހަރެންގެ ޖިންސީ ގުނަވަނަށް ވަދެގެން ދިޔައީ، އެއީ އިންތިހާއަށް ތަދުވާ ކަމެއް — އިންތިހާއަށް ތަދުވާ ކަމެއް. އެއީ ބިރުވެރި އިހުސާސެއް. އަހަރެންގެ ގަދަކަމުން ޓްރަމްޕު ހުއްޓުވީ. މިއަދު މިތާ އިށީނދެގެން އިންނައިރުވެސް އެ އިހުސާސް އަދިވެސް އިހްސާސް ކުރެވޭ،" ރޮމުން ކެރޯލް ރޭޕްކުރި ގޮތް ކިޔައި ދެމުން ބުންޏެވެ.

ކެރޯލް ބުނީ ޓްރަމްޕަކީ "އަނިޔާވެރި، ނުރައްކާތެރި މީހެއް" ކަމަށެވެ.

5%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް