
ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދި، 2019 ވަނަ އަހަރުން ފެށިގެން އަންނަނީ ބޭސްވެސް ކަމުންނެވެ. ނަމަވެސް ފިޓް ޖެހުމަށް އެއްވެސް ހައްލެއް ނާދެއެވެ.
އޭގެ ބަދަލުގައި ހުޒައިލްގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުންނެވެ. މިހާރު ފިޓް ޖެހޭ ދުވަހެއްގައި ތިން ހަތަރު ފަހަރަށް ވުރެ ގިނައިން ފިޓްވެސް ޖެހެނީއެވެ. ފިޓްޖެހި ހޭނެތި އެއްތައް އިރެއްވާއިރުވެސް މިހާރު ހޭވެސް ނާރަނީއެވެ.
ވަފާއާއި އޭނާގެ އާއިލާ މިކަމުގައި މިހާރު ގޮތް ހުސްވެއްޖެއެވެ. ހުޒައިލްއަށް ދޭނެ ފަރުވާއެއް ޑޮކްޓަރުންނަށްވެސް ނޭންގޭތީއެވެ. އަނެއްކޮޅުން ޑޮކްޓަރަށް ދައްކާ ބޭސްކުރުމާއި ދަތުރުފަތުރާއި މާލޭގައި ހުރުމާއި ރާއްޖެއިން ބޭރުގައި ތިބުމަށް ބޮޑެތި ހަރަދުތަކެއް ހިނގައި އާއިލާގެ އަތްމަތި މުޅިން ހުސްވެއްޖެއެވެ. ވަފާގެ ފިރިމީހާ ކުރާ މަސައްކަތުން ތިން ކުދިންނާއި އާއިލާ ބަލަހައްޓާފައި ބާކީއެއް ނުކުރެވެއެވެ.
ހުޒައިލްގެ މެޑިކަލް ޑޮކިއުމަންޓެއް
ހުޒައިލްގެ މަންމަ ވަފާބުނީ، ފަރުވާއެއް ލިބޭނެ ކަމުގެ އުއްމީދުގައި އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމަށް އިންޑިއާއަށް ދިއުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ކުރުމަށް އާސަންދަވެސް ވަނީ ހަމަޖެހިފައެވެ.
އާސަންދަ ހަމަޖެހިފައިވާ ލިއުމުގައި ވާގޮތުން އެންމެ ލަސްވެގެން މިމަހުގެ 24 ގައި އަމްރިތާއަށް ދައްކަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު ޖެހުނު އިރުވެސް އާއިލާއަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުން މިހާރުވަނީ ދަތުރު ފަސްކުރަން ޖެހިފައެވެ.
އިންޑިއާގައި ތިބުމާއި އެހެނިހެން ހަރަދުތަކަށް ފައިސާ ބޭނުންވެއެވެ. އެފައިސާއެއް އާއިލާއަކު ނެތެވެ. އާސަންދަ ހަމަޖެހިފައި އޮތަސް އިންޑިއާގައި ތިބުމާއި އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ ލިބިގެން ނޫނީ އިންޑިއާއަށް ފުރޭކަށްވެސް ނެތެވެ. ވަފާ ބުނީ ވީހާވެސް އަވަހަކަށް ހުޒައިލް ގޮވައިގެން ފުރަން ބޭނުންވާ ކަމަށެވެ.
ވަފާބުނީ އާއިލާއިން އިންޑިއާގައި ތުބުމާއި އެހެނިހެން ހަރަދުތަކަށް ގާތްގަނޑަކަށް 3000 ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް އަދި 2000 ޑޮލަރުވެސް ހަމަނުވާކަމަށް ވަފާބުނެއެވެ. ވަފާބުނީ ފައިސާ ނުލިބުމުން މިމަހުގެ 24 ގައި ނުފުރުމުން އާއިލާވަނީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށެވެ.
އާސަންދައާއި ވާހަކަ ދައްކައިގެން ދަތުރު ފަސް ކުރެވޭގޮތަށް ހަމަޖެހިފައިވީ ނަމަވެސް ހުޒައިލްގެ ފަރުވާއަށް ފުރޭނެ ދުވަހެއް ނޭންގެއެވެ. އާއިލާއިން ބޭނުންވަނީ ފައިސާ ވީހާވެސް އަވަހަކަށް ހަމަޖެހި ހުޒައިލްގެ ފަރުވާއަށް ފުރުމަށެވެ. އެހެންކަމުން ހުޒައިލްއާއި އާއިލާއަށް ބޭނުންވަނީ ތިބޭފުޅުންގެ ދީލަތި އެހީއެވެ.
ހުޒައިލްގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބޭފުޅުން:
ގުޅޭނެ ނަމްބަރު: 7669254 ވަފާ އަބްދުﷲ (ހުޒައިލްގެ މަންމަ)
7520201 އަހްމަދު ނަޝާތު (ހުޒައިލްގެ ދޮން ބައްޕަ)
އެކައުންޓް ނަމްބަރު:
ދިވެހި ރުފިޔާ އެކައުންޓް: 7730000221369 (ވަފާ އަބްދުﷲ)
ޔޫއެސް ޑޮލަރު އެކައުންޓް: 7730000127953 (ފާތިމަތު ވަހީދާ) - ހުޒައިލްގެ މާމަ