ads
ނޯ ޕޭންޓްސް ޓްރެންޑު
މިއަހަރު ގިނަބަޔަކު ފަޓުލޫނާ ހަރުވާޅު ލުން ހުއްޓާލާނެ: ރިޕޯޓު
ދުނިޔޭގެ މަޝްހޫރު ސެލަބްރިޓީންގެ ތެރޭގައި"'ނޯ ޕޭންޓްސް ލުކް" ނުވަތަ ހަރުވާޅުނުލާ ފެޝަނެއް މިއަހަރު ޓްރެންޑުވަނުން އަންނަކަމަށް ސެލެބްރިޓީންގެ ހަބަރުތައް ގެނެސްދޭ ''ހޫ ވެއާސް ވަޓް" މެގަޒިން އިން މިއަދު ބުނެފިއެވެ.

މިއަދު ލިޔެފައިވާ ރިޕޯޓެއްގައި ވާގޮތުން "މިހާތަނަށް 2023 ވަނަ އަހަރު ވެފައިވަނީ ރިސްކި ފެޝަން ޓްރެންޑަކުން ކަމަށްވާ ނޯ ޕެންޓްސް ލުކް" ގެ އަހަރެއްކަމަށެވެ. 

އެ މެގަޒިންގައިވާގޮތުން ޔޫރަޕުގައި މި ފެޝަން ބޮޑަށް އަދި މަޝްހޫރީ ތަރިންގެ ތެރޭގައި ކަމަށެވެ. 

މި ޓްރެންޑް ދަނީ ބައެއް އާންމުން ވެސް ކޮޕީކުރަމުންްނެވެ.

މިއީނބޮޓެގާ ވެނެޓާ، ވިކްޓޯރިއާ ބެކަމް، ޚައިޓޭ، އަދި ކޮޕަނީ ފަދަ ބްރޭންޑުތަކުގެ ރަންވޭތަކުން އުފެދިފައިވާ ޓްރެންޑެކެވެ.

މި ޓްރެންޑް ގައި މީހުން ހެެދުން އަޅަނީ ޝީރް ޓައިޓްސް އާއި ބްރީފްސް ލައިގެންނެވެ. ފަޓުލޫނު ނުވަތަ ހަރުވާޅު ނުފެންނަ ޓްރެންޑެކެވެ. 

"ސެލެބްރިޓީން ވަނީ މި ޓްރެންޑުގެ ދަރަޖަ މައްޗަށް ގެންގޮސް، ނޯ ޕެންޓްސް ޓްރެންޑް މަޝްހޫރުކުރަން ފަށާފަ. އަހަރެމެން ލަފާކުރަނީ އެއީ ދެން މިއަހަރު ކުރިއަށް އޮޑު ޑްރެންޑުކަމަށް، " އެ މެގަޒިންގައި ލިޔެފައިވެއެވެ.

 މި ޓްރެންޑު ދާދި އަވަހަށް މުޅި ދުނިޔޭގައި ފެތުރި ޒަމާނީ ފެޝަނަށް ލޯބިކުރާމީހުން ފަޓުލޫނާ ހަރުވާޅު ފަދަ ތަކެތިލުން ހުއްޓާލަފާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް