ads
ފިޠްރު ޒަކާތް
މާލޭ ސަރަހައްދުގެ ފަގީރަކަށް 3450 ރުފިޔާ ބަހައިފި
ފިތުރު ޒަކާތުގެ ގޮތުގައި މާލޭ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 3450 ރުފިޔާ ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަ މަހުގެ 29 ވަނަ ދުވަހުގެ 175485 މީހަކު ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އޭގެތެރެއިން ފަގީރުންގެ ލިސްޓްގައި މާލޭ ސަރަހައްދުގައި ތިބި 1736 މީހަކަށް ބޮލަކަށް 3450 ރުފިޔާ ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މުޅި ރާއްޖޭގައި ފަގީރުންގެ ގޮތުގައި ތިބީ 8446 މީހުންނެވެ.

މީގެއިތުރުން ގޮވާމުގެ ގޮތުގައި ލިބުނު 12989.3 ކިލޯ ގޮވާންވެސް ބަހާ ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް