
ރޯދައިގެ އަޅުކަމަށް ފަހު މިއަދު ފާހަގަ ކުރަމުންދާ އީދުގެ މުނާސަބަތުގައި، ކުރެވުނު އީދު ނަމާބުގެ ހުތުބާގައި މިއަދު މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ އެއް ބައިވަންތަކަމާއިި އެކުވެރިކަމަށް އަދި ރޯދަ އަށްފަހުވެސް އަޅުކަމުގައި ދެމި ތިބުމަށެވެ.
ފިތުރު އީދު ދުވަހަކީ މާތް ﷲ ފަރުލުކުރެއްވި ރޯދަ އަދާކުރެވުނީތީ އެކަމަށް ޝުކުރުކޮށް ފިތުރު ޒަކާތް ނެރޭ ދުވަސް ކަމަށާއި މި އީދަކީ ﷲ ހަނދުމަކުރުމާއި އިސްރާފު ކުރުމެއްނެތި، ދީނުގައި ކަނޑައަޅާފައިވާ އިމުގެ ތެރޭގައި އުފާ ފާޅުކުރުމުގެ ދުވަސްކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި މިއަދުވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގެ ހަ ތަނެއްގައި މިއަދު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވިގެން ދިޔައެވެ.
ހުޅުމާލޭގައި މިއަދު ކުރެވުނު އީދު ނަމާދުގެ ތެރެއިން
މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ ހުޅުމާލޭގެ ދެ ސަރަހައްދަކާއި މޭލޭގެ ތިން ސަރަހައްދެއް އަދި ވިލިމާލެއިން އެއް ސަރަހައްދެއްގައެވެ.
- މާލެ - މާފަންނު ސްޓޭޑިއަމް
- މާލެ - އިސްލާމީ މަރުކަޒު މައިދާން
- މާލެ - ސަލްމާމް މިސްކިތް ސަރަހައްދު
- ހުޅުމާލެ - ފޭސް 1 ސިންތެޓިކް ޓްރެކް ސަރަހައްދު
- ހުޅުމާލެ - ފޭސް 2 ހިޔާ ޓަވަރު 16 އާއި ދިމާލުން އޮންނަ ކްރިކެޓް ކުޅޭ ސަރަހައްދު