ads
ކިންގް ސަލްމާން މިސްކިތް
މާދަމާ ފިތުރު އީދުކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި
މާދަމާ އަދީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ދާދި ދެންމެއަކު ކުރި ޓްވިޓެއްގައި ވިދާޅުވީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށެވެ. އަދި އީދުގެ ތަހުނިޔާ ވަނީ ފޮނުއްވާފައެވެ.

"މާދަމާއަކީ 1444 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް.تَقَبَّلَ اللهُ مِنَّا وَمِنكُم
އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ޢީދު މުބާރަކް" - އިސްލާމިކް މިނިސްޓްރީ

މާދަމާއަކީ މިއަހަރުގެ ފިތުރު އީދުކަމަށް ރާއްޖެއިން ކަނޑައެޅިއިރު ސައުދީ ސްޕްރީމް ކޯޓުން ވަނީ މިއަދަކީ ރޯދަ މަހުގެ 29 ވަނަ ދުވަސް ކަމަށް ކަނޑައަޅައި، މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް މީގެ ކުޑައިރުކޮޅެއް ކުރިން ނިންމާފައެވެ.

މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަ ސަރަހައްދެއް ކަނޑައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ދެ ސަރަހައްދަކާއި މޭލޭގެ ތިން ސަރަހައްދެއް އަދި ވިލިމާލެއިން އެއް ސަރަހައްދެވެ.

  • މާލެ - މާފަންނު ސްޓޭޑިއަމް
  • މާލެ - އިސްލާމީ މަރުކަޒު މައިދާން
  • މާލެ - ސަލްމާމް މިސްކިތް ސަރަހައްދު
  • ހުޅުމާލެ - ފޭސް 1 ސިންތެޓިކް ޓްރެކް ސަރަހައްދު
  • ހުޅުމާލެ - ފޭސް 2 ހިޔާ ޓަވަރު 16 އާއި ދިމާލުން އޮންނަ ކްރިކެޓް ކުޅޭ ސަރަހައްދު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް