ads
މަދަނީ އަބްދުﷲ ގެ ކުރު ފިލްމުގެ ސްކްރީން ޝޮޓެއް
ދިނާއީ ގައުމު ހިމާޔަތްކުރަށްވަން ނުކުންނެވި މަދަނީ އަބްދުﷲ، އެކްޓިންގެ ދާއިރާގަ!
ދިވެހި ރާއްޖޭގައި ސިޔާސީ މަޝްރަހުގައި ފައިތިލަ ސާބިތުކުރައްްވައި "23 ޑިސެންބަރު އިއްތިހާދުގައި" އިސްކޮށް އުޅުއްވި މަދަނީ އިއްތިހާދުގެ ކުރީގެ ލީޑަރު އަބްދުﷲ މުހަންމަދު (މަދަނީ އަބްދުﷲ) އެކްޓިންގެ ދާއިރާއަށް ނުކުމެ ވަޑައިގެން ފައިތިލަ ސާބިތުކުރަށްވައިފިއެވެ.

މިގޮތުން އަބްދުﷲ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުރު ފިލްމެއް ތައާރަފްކުރައްވަައިފައެވެ. މި ފިލްމު ޝެއާ ކޮށްދެއްވީ އަބްދުﷲ ސައީދު ކިޔާ ބޭފުޅެކެވެ.  

މި ކުރު ފިލްމުގައި އަބްދުﷲގެ އެކްޓިންއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މިގޮތުން ކޮމެންޓުތަކުގައި މީހުން ގެންދަނީ އަބްދުﷲ ގެ ހުނަރުވެރިކަމުގެ ވާހަކަ ދައްކަމަނުންނެވެ. 

your image23 ޑިސެންބަރު އިއްތިހާދު

އަބްދުﷲ ގެ ކުރު ފިލްމު އަމާޒު ކުރަށްވާފައިވަނީ އިޖްތިމާއީ މައްސަލަތައްކަމަށްވާތީ، އެކަމަށް ވެސް  ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. 

މިއީ އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް ހިނގާފައިވާ ކަމެކެވެ. މިގޮތުން އިންޑިއާގެ މަޖިލީހިގެ މަތީގޭގައި ހިމެނޭ ބައެއް މެންބަރުން ވެސް މިހާރުވެސް ފިލްމުކުޅުއްވައެވެ. 

ފިލްމުކުޅުމާ މިއުޒިކަކީ ހުއްދަކަމެއް ނޫންކަމަށް ބައެއް މީހުން ދެކުނު ނަމަވެސް އަބްދުﷲ ގެ މި ކުރުފިލްމުގެ ސަބަބުން މި ވިސްނުމާމެދު އިތުރު ވިސްނުމެއް ވިސަނަން ފަށާފަައިވާކަން ކޮމެންޓުތަކުން ހާމަވެއެވެ. 

ރާއްޖޭގައި ސިޔާސީ ދާއިރާއާއި ފިލްމީ ދާއިރާ ރީކޯ މޫސާ މަނިކު ފަދަ ބޭފުޅުން ވަނީ ގުޅުވާލަ ދެއްވާދައެވެ. 

މަދަނީ އަބްދުﷲ އަކީ ކޮން ބޭފުޅެއް؟

އަބްދުﷲ ވަނީ ސްޓޭޓު މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ފެށިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އެ މަގާމުން ވަކިކުރެއްވީ 2014 ވަނަ އަހަރު އެވެ. 

2014 ވަނަ އަހަރު މާޗް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ޓިކެޓް ހޯއްދެވުމަށް އަބްދުﷲ ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އޭނާ ވާދަ ކުރެއްވީ ނޮޅިވަރަމް ދާއިރާއަށެވެ.

ސިޔާސީ މަގާމަކަށް ވަޑައިގަތުމުން ކުރިން އަބްދުﷲއަކީ މުޒާހަރާތަކުގެ މޮޑަރޭޓަކެވެ. އޭގެ ކުރިން އޭނާއަކީ އަރަބިއްޔާ ސްކޫލްގެ ދިވެހި ޓީޗަރެއްކެވެ.

ޅ. ކުރެންދޫ، ނޫރާނީގޭ، ޢަބްދުﷲ މުހަައްމަދު ސިޔާސީވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓީޗާސް އެސޯސިއޭޝަންގެ މުޒާހަރާތަކުގަ އެވެ. އަރަބިއްޔާ ދަރިވަރުންގެ ދިފާއުގައި ކުރި މުޒާހަރާތަކުގައި އެމްޑީޕީގެ ސަރުކާރަށް ފާޅުގައި ފާޑުކިޔަން ފެށުމުން އިދިކޮޅު މީޑިއާތަކުގެ ފަލަ ސުރުހީތަކުން އަބްދުﷲ ޖާގަ ހޯދި އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުގައި އާންމު ކުރި ގަވާއިދަކާ ގުޅިގެން 100 ވުރެ ގިނަ މަދަނީ ޖަމިއްޔާތައް އިންތިހާދުވި ޖަމާއަތް، "މަދަނީ އިއްތިހާދު" ތަމްސީލު ކުރެއްވީ އަބްދުﷲ އެވެ. އޭގެ ފަހުން މަދަނީ އިއްތިހާދުގެ ނަމުގައި 23 ޑިސެމްބަރު، 2011، ގެ ބޮޑު މުޒާހަރާގަ އާއި ގައުމީ ހަރާކާރުތުގައި އަބްދުﷲ ހަރަކާތްތެރިވާން ފެށުމުން އޭނާގެ ނަމުގެ ކުރިއަށް "މަދަނީ" އިތުރުކޮށް، "މަދަނީ އަބްދުﷲ"އޭ ކިޔަން ފެށި އެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް