ads
ބެސިލް ލެމަން މޮޖީޓޯ
ސީއެންއެމް ބަދިގެ: ބެސިލް ލެމަން މޮޖިޓޯ
ބެސިލް ލެމަން މޮޖިޓޯ ތައްޔާރު ކުރާނެ ގޮތް

ބޭނުންވާތަކެތި: (2 ތަށި ތައްޔާރުކުމަށް) 

  • 18-20 ކުދި ބެސިލް ފަތް ނުވަތަ 
  • 1 ގްރާމް ބެސިލްފަތް (ބެސިލްފަތުގެ ބަދަލުގައި މިންޓް ފަތްވެސް ބޭނުންކުރެވިދާނެ) 
  • 2 ފޮތި ލުނބޯ (ތުނިކޮށް ވައްކޮށް ކޮށާލާފައި) 
  • 2 މޭޒުމަތީސަމްސާ ލުނބޯ ހުތް ކުޑަލޮނުކޮޅެއް 
  • 2 ޖޯޑް ނޫނީ 
  • 500 އެމްއެލް ސޮޑާ ނުވަތަ ފެން 1 ނޫނީ 2 މޭޒުމަތީ ސަމްސާ ހަކުރު (ފޮނިރަހަ ލާވަރަށް) އައިސްކިއުބް

ތައްޔާރުކުރާނެ ގޮތް: 

ކުޑަވަނަކާއި މޯލެއް ބޭނުންކުރާށެވެ. ނުވަތަ ޖަގެއްގެ ތެރެއަށް، ފަތްކޮޅު، 2 ލުނބޯ ފޮތި ނުވަތަ 2 މޭޒުމަތީ ސަމްސާ ހަކުރު އަދި ލޮނުކޮޅެއް އަޅާލާށެވެ. 2 މޭޒުމަތީ ސަމްސާ ހަކުރު ބޭނުންކުރުމުން ފޮނިރަހަ ރަގަޅުވާނެއެވެ. ތަންކޮޅެއް ފޮނިމަޑުކޮށް ބޭނުންވާ ބޭފުޅުން 1 މޭޒުމަތީސަމްސާ ހަކުރު ބޭނުންކުރުން ރަގަޅުވާނެއެވެ. ސިއްހަތައް އެންމެ ފައިދާހުރި ގޮތެއް އިޚްތިޔާރު ކުރައްވާނަމަ، ހަކުރުގެ ބަދަލުގައި މާމުއިވެސް ބޭނުންކުރެވޭނެއެވެ. ވަނަ ބޭނުންކޮށްގެން ހުރިހާ އެއްޗެއް މަޑުމަޑުން އެއްކޮށްލާށެވެ. އެއްކޮށްލި އެއްޗެހިތައް 2 ތައްޓަށް އެއްވަރަށް ބަހާލާށެވެ. ކޮންމެ ތައްޓަކަށް 1 މޭޒުމަތީސަމްސާ ލުނބޯ ހުތް އަޅާލާށެވެ. އެއަށްފަހު އޭގެތެރެއަށް އައިސްކިއުބު އަޅާލާށެވެ. ދެން ސޮޑާ ނުވަތަ ފެން އަޅާލާށެވެ. އެއަށްފަހު ސަމްސަލަކުން އެއްކޮށްލާށެވެ. މިހާހިސާބުން މިހުރީ ބެސިލް ލެމަން މޮޖީޓޯ ސާވްކުރަން ތައްޔާރަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް