ads
ކްރީމް ކެރެމަލް
ސީއެންއެމް ބަދިގެ: ކްރީމް ކެރެމަލް
ތިރީގައި މިވަނީ ކްރީމް ކެރެމަލް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ދަޅު ގެރިކިރު (ކޮންޑެންޒްޑް މިލްކް) 
  • 1 ޖޯޑު ފެން 
  • 5 ބިސް 
  • 2 ސައިސަމުސާ ވެނީލާ އެސެންސް 
  • 1/2 ސައިސަމުސާ ލޮނު 
  • 3 މޭޒުމަތީ ސަމުސާ ހަކުރު 
  • 2 މޭޒުމަތީ ސަމުސާ ފެން

ތައްޔާރު ކުރާނެ ގޮތް:

ބިހާއި، ގެރިކިރާއި، 1 ޖޯޑު ފެނާއި، ލޮނު މިކްސް ކުރާށެވެ. ބޭކިންގް ޓްރޭ މަޑު ގިނީގައި ބައިންދާށެވެ. އޭގެ ތެރެއަށް ހަކުރާއި 2 ސަމުސާ ފެން އަޅާށެވެ. ހަކުރު ކެރެމަލް އަށް ބަދަލުވަންދެން ހޫނު ކުރާށެވެ. އެއަށްފަހު އުނދުނުން ނަގާފައި 2 މިނެޓު ވަންދެން ބައިންދާށެވެ. ކެރެމަލް ހަރުވާން ފެށުމުން އޭގެ ތެރެއަށް ކުރިން މިކްސް ކުރި ބައި އަޅާށެވެ. އަވަން 150 ޑިގްރީ ސެލްސިއަސް އަށް ހޫނު ކުރަން ޖައްސާށެވެ. ބޮޑު ޓްރޭއެއް ނެގުމަށްފަހު އޭގެ ތެރޭގައި ޓީ ޓަވަލް އެއް ބާއްވާށެވެ. ދެން ކްރީމް ކަސްޓަޑް އަޅާފައި ހުރި ޓްރޭ އޭގެ ތެރޭގައި ބައިންދާށެވެ. އެއަށްފަހު ބޮޑު ޓްރޭގެ ތެރެއަށް ހޫނު ފެން އަޅާށެވެ. ފެން އަޅަންވާނީ ކްރީމް ކަސްޓަޑް ޓްރޭގެ މެދާ ހަމައަށް އަންނަ ވަރަށެވެ. އޭގެ ފަހުން ބޮޑު ޓްރޭގެ މަތީގައި ފޮއިލް އަޅާ ބަންދުކުރާށެވެ. ކުރިން ހޫނުކޮށްފައި ހުރި އަވަނުގެ ތެރެއަށް ލާފައި 40-45 މިނެޓު ވަންދެން ބައިންދާށެވެ. ޕުޑިން ހޫނުކަން ފިލަން ފެށުމުން އަވަނުން ނަގާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް