ads
ކޯލް ސްލޯ ސެލެޑް
ސީއެންއެމް ބަދިގެ: ކޯލް ސްލޯ ސެލެޑް
ތިރީގައި މިވަނީ ކޯލް ސްލޯ ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި: 

  • 1 ޖޯޑު ކެބެޖު (ކޮށާފައި) 
  • 1 ޖޯޑު ކެރެޓު (ގާނާފައި) 
  • 1/2 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި) 
  • 1/2 ޖޯޑު މެޔޮނައިސް 
  • 1 މޭޒުމަތީ ސަމުސާ މެޔޮނައިސް 
  • 1 މޭޒުމަތީ ސަމުސާ ހަކުރު 
  • 1 ސައިސަމުސާ މަސްޓަޑް ސޯސް ލޮނު އަދި އަސޭމިރުސް (ރަހަ ހެޔޮވަރުވާ މިންވަރަށް)

ތައްޔާރު ކުރާނެ ގޮތް: 

ކެބެޖު، ކެރެޓު އަދި ފިޔާ މިކްސް ކުރާށެވެ. އެހެން ތައްޓެއްގައި ޑްރެސިންގް ހެދުމަށް ބާކީ ހުރިހާ ތަކެއްޗެއް މިކްސް ކުރާށެވެ. ހަކުރުކޮޅު ގިރެންދެން އެއްކުރަން ވާނެ އެވެ. ސެލެޑުގެ މައްޗަށް ޑްރެސިންގް އެޅުމަށްފަހު އެއްކޮށްލާށެވެ. ތަށީގެ މަތި އެޅުމަށްފަހު ފްރިޖަށްލާށެވެ. ފިނިކޮށް ސާވް ކުރުމުން ވަރަށް މީރު ވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް