
އިސްލާމްދީނުގެ ފަސް ތަނބުގެ ތެރެއިން އެއް ތަނބުގެ ގޮތުގައި ރޯދަ ހިފުން އޮންނައިރު މި އަޅުކަމަކީ އީމާންތެރިންކަން އިތުރުވެ މާތްރަސްކަލާނގެއާ ގާތްވާކަމެއްކަމާމެދަކު ޝައްކެއްނެތެވެ.
މާޒީގެ ފާފަތަކަށް ކައްފާރާ ދިނުމާއި، ނިކަމެތިންނަށް ހަމްދަރުދީވުމަށާއި، އެހެނިހެން ލަނޑުދަނޑިތަކުގެ ތެރެއިން ކުރާ ކަމެކެވެ. ނަމަވެސް ރޯދަ ހިފުމުގެ ސިއްހީ ފައިދާތަކާމެދު ވާހަކަ ދެކެވޭ މިންވަރުވެެސް ވަރަށް މަދެވެ. "ހެލްތްލައިން ޑޮޓްކޮމް" ކިޔާ މެޑިކަލް ވެބްސައިޓުން ބުނެފައިވާ ގޮތުގައި ރޯދަމަހު މެދުކެނޑުމެއްނެތި ރޯދަ ހިފުމަކީ ލޭގެ ހަކުރު، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލްގެ އިތުރުން ހާޓް އެޓޭކާއި ކެންސަރު ފަދަބަލިތަކާ ދުރުކޮށްދޭކަމެކެވެ
ސިއްހީ ދާއިރާގެ ޑޮކްޓަރުން ބުނާ ގޮތުގައި ބެލެންސްޑް ޑައިޓާއި ރޯދަ ހިފުމަކީ މުހިންމު ކަމެކެވެ.
ރޯދަ ހިފުމަކީ ވެސް އެލްޑީއެލް ކޮލެސްޓްރޯލް ލެވެލް ދަށްކޮށް، އެޗްޑީއެލް ކޮލެސްޓްރޯލް ލެވެލް އިތުރުކޮށް، ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތަށް އެހީތެރިވެދޭނެ ކަމެކެވެ. މި ޕްރެކްޓިސްގެ ސަބަބުން ޕެންކްރިއާސްގައި އިންސިއުލިން ސެންސިޓިވިޓީ އިތުރުވެ، ލޭގައި ހަކުރުގެ މިންވަރު ދަށްވެ، ދަރިމައިވުގެ ސިއްހަތުވެސް އިތުރަށް ރަނގަޅުވާކަމަށް ޑރ. ނޫރުލް އިތުރަށް ވިދާޅުވި އެވެ.
ކަށިތަކުގެ ރިހުން ކުޑަކުރުމާއި މަސްތަކުގައި ރިއްސުން ކުޑަކުރުމަށް ވެސް ރޯދަ ހިފިދާނެއެވެ. ނޫރުލް ވިދާޅުވީ ރޯދަ ނިންމާ ގޮތަކީ ކާނާ ބުއިމުން ދުރުހެލިވުމާ އެއްވަރަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ނޫރުލް ލަފާދެއްވީ ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރުމަށް ޓެމްޕޭ ނުވަތަ ސޯޔާބީން ފަދަ ޕްރޮބަޔޮޓިކް ކާނާ ބޭނުންކުރުމަށާއި ދޮންކެޔޮ، ފިޔާ ނުވަތަ އަލުވި ފަދަ މޭވާއާއި ތަރުކާރީގައި ހިމެނޭ ޕްރޮބަޔޮޓިކް ކާނާ ބޭނުންކުރެވިދާނެއެވެ.
މޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ އިތުރުން ބިހާއި މަސް ފަދަ ފަސޭހައިން ހަޖަމުކުރެވޭ ޕްރޮޓީންތައް ބޭނުންކުރަން ޖެހެއެވެ. އަދި ބަތް ނުވަތަ ނޫޑްލްސް ފަދަ ‘ސާދާ’ ކާބޯހައިޑްރޭޓްސްގެ ބަދަލުގައި ރެޑް ރައިސް، އޯޓްސް އަދި އަލުވި ފަދަ ‘ކޮމްޕްލެކްސް’ ކާބޯހައިޑްރޭޓްސް ކެއުމާއި، ހޯލް މީޓްސް އާއި ފްރިޓަސް ކެއުމުން ދުރުހެލިވާން ޖެހެއެވެ.
ޕެކެޓުކޮށްފައި ހުންނަ ލުއި ކާނާ ފަދަ ފޮނި ކާނާ ކެއުމުން ދުރުހެލިވުމަކީ ރޯދަ މަހުގެ ރޯދަ ހިންގާ މީހުންނަށް ގިނައިން ބަރުދަން އިތުރުވުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
ޔުނިވާސިޓީ އޮފް އިންޑޮނޭޝިއާ މެޑިކަލް ސްކޫލްގެ ގޭސްޓްރޯއެންޓަރޮލޮޖީ-ހެޕަޓޮލޮޖީގެ މާހިރު ކަކާ ރެނަލްޑީ ވަނީ އޭނާގެ ހޯދުންތައް މިކަމާ ގުޅޭގޮތުން ހުއްސާކުރައްވާފައެވެ.
ކަކާ ރެނަލްޑީ ފާހަގަކުރެއްވި ގޮތުގައި ރޯދަ ހިފުމުން އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ކެލޮރީ މަދު ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.