ads
އަނބިމީހާ ގާތުން ކިރުބޮވުމުން، ކައިވެއްޏަށް އަސަރު ކުރޭތަ؟
އަނބިމީހާ ގާތުން ކިރުބޮވުމުން، ކައިވެއްޏަށް އަސަރު ކުރޭތަ؟
ސުވާލު: ބައެއް ހާލަތްތަކުގައި ފިރިމީހާ އޭނާގެ އަނބިމީހާ ގާތުން ކިރު ބޮވޭ ގޮތްވެއެއެވެ. މި ފަދަ ޙާލަތެއްގައި، ފިރިމީހާގެ މައްޗަށް އަނބިމީހާ ''ކިރުގެ ގޮތުން'' ޙަރާމް މީހަކަށް ވާނެހެއްޔެވެ؟

ޖަވާބު ދެއްވާފައިވަނީ : އައްޝައިޚް ފައިޞަލް މައުލަވީ އަދި އައްޝައިޚް ޔޫސުފުލް ޤަރަޟާވީ 

ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ފިރިމީހާއާއި އަނބިމީހާ އަރާމު ލިބިގަތުމުގެ ތެރޭގައި، އަނބިމީހާގެ އުރަމަތިން ބޮވޭ ކިރުގެ ސަބަބުން، އެ އަނބި މީހާއަކީ ކިރު ބުއިމުގެ ސަބަބުން ކައިވެނި ޙަރާމް ''މަޙްރަމް'' އަކަށް ނުވާނެއެވެ. އެއީ ކައިވެނި ޙަރާމް ވަނީ ކުޑައިރު ބޯ ކިރުގެ ސަބަބުންނެވެ. މީގެ މާނައަކީ ކުއްޖެއްގެ ޢުމުރުން ދެ އަހަރު ވުމުގެ ކުރިންނެވެ. 

ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ދެ އަހަރު ކަމުގައި ވިޔަސް އިމާމް އަބޫ ޙަނީފާ ވިދާޅުވެފައިވަނީ ދެ އަހަރާއި ބައި ކަމުގައެވެ. ކިރު ދެނީ ދެ އަހަރު ވަންދެންކަން، ޤުރުއާނާއި ޙަދީޘުން ނިކަން ޞަރީޙަކޮށް އެގެން އެބައޮތެވެ. ކިރުގެ ގޮތުން މަންމައަކަށް، ދައްތައަކަށް ވުން، ހަމައެކަނި ކުޑައިރު ބޯ ކިރާއި ގުޅިފައިވުމުގެ ޙިކުމަތަކީ، ކުއްޖާގެ މަހާއި ކަށިއުފެދި ބޮޑުވާ މުހިންމު މަރުޙަލާއަކީ ޢުމުރުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކަމަށްވާކަމެވެ. 

ދެއަހަރުގެ ފަހުން ބޯ ކިރުގެ އެއްވެސް އަސަރެއް، ކިރުގެ ގޮތުން ޙަރާމް ވުމަކަށް ނުކުރާނެކަމަށް ކުރިންވެސް ބުނެވުނު ފަދައިން ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. ޞަހާބީންގެ ދުވަސްވަރުގައި، ޞަޙާބީއަކު އޭނާގެ އަނބިމީހާއާއި ކުޅެ އަރާމު ލިބިގަތުމުގެ ތެރޭގައި، އުރަމަތިން ކިރު ބޮވުމުން، އޭނާ އައިސް އަބޫ މޫސަލް ޢަޝްޢަރީ އަރިއަހުގައި ސުވާލު ދެންނެވުމުން އަންހެނުން ޙަރާމްވާނެ ކަމަށް ވިދާޅުވިއެވެ. ދެން އޭނާ ޢަބްދުﷲ ބިން މަސްޢޫދު އަރިއަހުގައި ސުވާލު ދެންނެވުމުން، ޙަރާމް ނުވާނެ ކަމަށް ވިދާޅުވިއެވެ. 

އަދި ކިރު ދިނުންވަނީ ދެ އަހަރުގައި ކަމަށް އޮންނަ ޙަދީޘު ވިދާޅުވިއެވެ: الرَّضَاعُ فِي الحَولَيْن މާނައަކީ: "ކިރުދިނުންވަނީ ދެ އަހަރުގައެވެ." އަދި މި އާޔަތް ވިދާޅުވިއެވެ. وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ މި އާޔަތް ކިޔަވައި ވިދާޅުވިއެވެ. ދެން އޭގެ ފަހުން އަބޫ މޫސަލް ޢަޝްޢަރީ އަރިއަހުގައި އަނެއްކާ ސުވާލު ދެންނެވެވުމުން ، ވިދާޅުވީ ތި ޚަބަރު ކަލޭމެން އަތުގައި އޮއްވައި ތިމަންނައާއި ސުވާލު ނުވާލު ނުކުރުމަށެވެ. 

ވީމާ، އަނބިމީހާގެ އުރަމަތީގައި އަގަޖެހުން އަދި އެއިން ކިރު ބުއިމަކީ، ދެމަފިރިންނަށް ލިބިގަތުން ހުއްދަ އަރާމު ތަކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ، އަރާމު ލިބިގަތުމުގެ ގުޅުންތަކުގެ ތެރެއިން، ޙަރާމް ކަމުގައި ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައި އޮންނަނީ ދެ ކަމެކެވެ.

އެއީ: 1- ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން. 2- އަންހެންމީހާގެ ފުރަގަސްފަރާތުގައި ޖިމާޢުވުން. 

މި ދެކަންތައް ފިޔަވައި، ދެމަފިރިން އަރާމު ލިބިގަންނަން ދެމީހުންގެ ރުހުމުގައި ކުރާ ޞިއްޙީ ގެއްލުމެއް ނެތް ކަންކަމަކީ ހުއްދަ ކަމެކެވެ. އެގޮތުން އަނބިމީހާގެ އުރަމަތިން ކިރުބުއިމަކުން އޮތް މައްސަލައެއް ނެތެވެ. އަދި ބުއިމުން ކައިވެނި ޙަރާމެއްވެސް ނުވާނެއެވެ. 

ނޯޓް: މިއީ ކަވާސާއިން ނަކަލުކޮށްފައިވާ ލިއުމެކެވެ.

70%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް