ads
މައިކަލް ޖެކްސަންއާއި އޭނާގެ ކޮއްކޮ ޖެނެޓު
މައިކަލް ޖެކްސަންގެ ކޮއްކޮ އިސްލާމްވުން
މަޝްހޫރު ލެޖެންޑަރީ ޕޮޕް ލަވަކިއުންތެރިއާ މައިކަލް ޖެކްޝަންގެ ކޮއްކޮ، ޖެނެޓް ޖެކްސަން އިސްލާމްވިކަމަށް ހަބަރުތައް ދޭތެރެއަކުން ފެތުރެއެވެ. ނަމަވެސް އޭނާއަކީ ހަގީގަތުގައި ވެސް މުސްލިމެއްތޯ ނުވަތަ ނޫންތޯ ހޯދައިލީމެވެ. ސަބަބަކީ މައިކަލް ޖެކްޝަންވެސް މަރުވުމުގެ ކުރިން އިސްލާމްވުމަށް ޝައުުގުވެރިކަން ފާޅުކުރިކަމުގައިވީނަމަވެސް، އޭނާ އިސްލާމްވިކަން ސާފެއް ނުވެއެވެ.

ޖެނެޓް ޖެކްޝަންއާއި އޭނާގެ ގަތަރުގެ ފިރިމީހާ ވިސާމް އަލް މަނާ އަށް ވަނީ 2017 ވަނަ އަހަރު ފިރިހެން ކުއްޖެއްލިބުނެެވެ. މި އުފާވެރި ހަބަރު މުޅި ދުނިޔޭގެ ސުރުހީތަކަށް އަރާފައިވާއިރު، އެ ހަބަރާއެކު ފެތުރުނު އެންމެ ހޫނު ހަބަރަކީ ޖެނެޓް ވެސް އިސްލާމްވެފައިވާކަމަށް ފެތުރުނު ހަބަރެވެ.

މިގޮތުން ޔޫރަޕްގެ އަދި އެމެރިކާގެ ބައެއް ރިޕޯޓުތައް އޭރު ބުނި ގޮތުން ޖެނެޓް އޭނާގެ ފިރިމީހާގެ އާއިލާއާ ބައްދަލުކުރަން ދިޔައީ ބުރުގާއަޅައިގެންނެވެ. އަދި އެ މަންޒަރު ބައެއް މީހުން ފޮޓޯވެސް ނަގާފައެވެ. 

your imageޖެނެޓު އޭނާގެ ފިރިމީހާއާއެކު

މި ފޮޓޯއާއެކު ޖެނެޓުގެ ފޭނުން ވަނީ އޭނާ އިސްލާމްވިފަހުން ސްޓޭޖުމަތިން ފެންނައިރު، އަޅާ ހެދުންތައް ނިވައިކަން އިތުރުކުރަންފަށާފައިވާކަމަށް ވެސް ބުނެފަައެވެ. 

އުމުރުން 56 އަހަރުގެ ޖެކްސަން އާއި އޭނާގެ ފިރިމީހާ އަލް މަނާ ވެސް މިހާތަނަށް އެއްވެސް އިންޓަވިއުއެއްގައި އެމީހުންގެ ދީނާގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ. 

ޖެނެޓް އިސްލާމްވިކަމަށް މީޑިއާގައި އެއްބަސްނުވި ނަމަވެސް، 2012 ވަނަ އަހަރު ސިއްރުން އަލް މާނާ އާއި ކައިވެނި ކުރުމަކީ ޖެނެޓްއަކީ އިސްލާމެއްކަމުގެ ހެއްކެއް ކަމަށް އޭނާ ބުނެއެވެ. 

82%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް