ads
މަދީނާ...
އަމްރް އިބްން އަލްއާސް އަލްޝާމީ (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބު ބޭކަލުންގެ ތެރެއިން އަމްރް އިބްން އަލްއާސް (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އަމްރް އިބްން އަލްއާސް (ރއ) އަކީ މިސްރު ފަތަހަ ކުރެއްވުމަށް ކުރެވުނު ހަގުރާމައިގެ އިސްލާމީ ލަޝްކަރުގެ ކޮމާންޑަރެވެ. އަދި އޭގެ ފަހުން މިސްރުގެ ގަވަރުނަރުކަމުގައި ހުންނެވިއެވެ. އަމްރް އިބްން އަލްއާސް (ރއ) އަކީ ގުރައިޝުންގެ މުއްސަދި އަދި ކަމުވޮށިވެގެންވާ އާއިލާއަކަށް ނިސްބަތްވާ ބޭކަލެކެވެ. އިސްލާމްދީން ގަބޫލުކުރެއްވީ މާތްނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެއްމެ ފަހު ފަސްއަހަރު ތެރޭގައިއެވެ. އެހެންނަމަވެސް އިސްލާމްވެވަޑައިގަތުމާއެކު، އިސްލާމީ އުއްމަތުގެ މުހިއްމު ގިނަކަންތައްތަކުގައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަލޭގެފާނު ބައިވެރި ކުރެއްވެވިއެވެ.

އަބޫބަކުރުގެފާނު (ރއ)ގެ ޚަލީފާކަމުގައި، ޝާމްކަރަ ފަތަހަ ކުރެއްވުމަށް ފޮނުއްވެވި އިސްލާމީ ލަޝްކަރުގެ ކޮމާންޑަރަކަށްވުމުގެ ޝަރަފު ލިބިވަޑައިގަތީވެސް އަމްރް އިބްން އަލްއާސް (ރއ) އަށެވެ. އަދި އޭގެ ފަހުން ފަލަސްތީން މިނިވަންކުރުމަށް ކުރެވުނު ހަގުރާމައިގެ ކޮމާންޑަރުގެ އިތުރުން އޭގެފަހުން ފަލަސްތީނުގެ ގަވަރުނަރުކަމުގައި ހުންނެވީވެސް އަމްރް އިބްން އަލްއާސް (ރއ) އެވެ. ފަލަސްތީނުގެ ގަވަރުނަރުކަމުގައި ހުންނަވައިގެން އަޖްނަދައިން އަދި ޔަމްރޫކް ހަގުރާމައި ރޯމަނުން ބަލިކުރެއްވިއެވެ.

އަމިއްލަފުޅު އިސްނެންގެވުމަށް، މީލާދީން 639 ވަނައަހަރު، މިސްރު ފަތަހަ ކުރައްވައި، ކާފިރުންގެ އަތްދަށުން މިސްރު ސަލާމަތްކުރުމަށް ނިންމަވާ، މިސްރާއި ދެކޮޅަށް ހަގުރާމަ ކުރައްވަން ފެއްޓެވިއެވެ. އަދި މީލާދީން 641 ނުވަތަ 642 ވަނައަހަރު، އޭރު މިސްރު ބަލަހައްޓަމުން ދިޔަ ބައިޒަންޓައިންގެ ކޮމާންޑަރު އެލެކްޒެންޑްރިއާ ބަލިކުރެއްވިއެވެ. މިއީ މެދުއިރުމަތީގެ ގައުމުތައް އިސްލާމްދީން ފެތުރެއްވުމަށް މުސްލިމުން ކުރި މަސައްކަތްތަކުގެ ފެށުމަށް ވިއެވެ. މިސްރު ފަތަހަ ކުރެވުމާއެކު، ލީބިޔާ ވެސް ފަތަހަ ކުރެއްވިއެވެ. މިސްރު ފަތަހަ ކުރެއްވުމަށްފަހު، މިސްރުގައި ހުރި ބައިޒަންޓައިންގެ ގަވަރުނަރު ސައިރަސް އާއިއެކު އަހުދުނާމާއެއްގައި ސޮއި ކުރެއްވިއެވެ. އެއަހުދުނާމަގައިވާ ގޮތުން، މިސްރުގެ ރައްޔިތުންގެ ސަލާމަތްތެރިކަން އަމްރް އިބްން އަލްއާސް (ރއ) ކަށަވަރުކޮށްދޭނެއެވެ. 

އެހެންނަމަވެސް މިސްރުގައި އުޅެމުންދިޔަ ފިރިހެނުންގެ ތެރެއިން އިސްލާމްދީން ގަބޫލުނުކުރާ މީހުންގެ އަތުން ޖިޒީއެއް ނެންގެވުމަށް ނިންމަވާ އެކަން އިއުލާނު ކުރެއްވިއެވެ. އޭގެ ފަހުން ފުތްސާތު މިހާރުގެ ނަމުންނަމަ ކައިރޯ އަކީ މިސްރުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުއްވިއެވެ.

ވަރަށް މިނިވަންކަމާއެކު އަދި ގައިރު މުސްލިމުންގެ އަތުން ނެގެމުންދިޔަ ޖިޒާއާއެކު، މުއްސަދި ދިރިއުޅުއްވުމެއްގައި އުޅުއްވަނިކޮށް، އުސްމާނުގެފާނުގެ ޚަލީފާކަމުގައި، އަމްރް އިބްން އަލްއާސް (ރއ) އާއި މައްސަލަޖެހި އެއްމެފަހުން، އަމްރް އިބްން އަލްއާސް (ރއ) މިސްރުގެ ގަވަުރުނަރު ކަމުން ދުރުކުރަން އުސްމާންގެފާނު (ރއ) ނިންމެވިއެވެ. މިއާއެކު، އަމްރް އިބްން އަލްއާސް (ރއ) އިސްލާމީ ލަޝްކަރުތަކާއި، އަދި އިސްލާމީ ލަޝްކަރުތަކުން ކުރަމުންގެންދިޔަ ހަގުރާމަތަކާއި އަދި އިސްލާމްދީން ފެތުރުމަށް ކުރަމުން އައި މަސައްކަތްތަކުން ދުރުހެލިވެ ވަޑައިގެތެވެ. އޭގެފަހުން، އިސްލާމީ އުއްމަތުގައި ދިމާވި އެއްމެފުރަތަމަ މަދަނީ ހަގުރާމައާއެކު، އުސްމާނުގެފާނު (ރއ) ޝަހީދުކުރެވިގެން ދިޔުމުންވެސް، އަމްރް އިބްން އަލްއާސް (ރއ) ނިންމެވީ މަޑުން ހުންނަވާށެވެ. ދާޚިލީ ހަގުރާމައިގައި އެއްވެސް ކޮޅެއް ނުނަންގަވާ ހުންނެވުމަށްފަހު، މުއާވިޔާ ޚަލީފާގެ ފުރަތަމަ ޚަލީފާ މުއާވިޔާ ދެއްވި ދައުވަތު ގަބޫލުކޮށް، އޭރުގެ އިސްލާމުންގެ ޚަލީފާ އަލީގެފާނު (ރއ) އާއި ދެކޮޅަށް ކުރެވުނު ހަގުރާމައިގައި ބައިވެރިވިއެވެ. އެއީ މުއާވިޔާ އަށް ޚަލީފާކަން ލިބިއްޖެ ނަމަ، މިސްރުގެ ގަވަރުނަރުކަން އަނބުރާ ލިބޭނެތީއެވެ. ފަހުން އަލީގެފާނު (ރއ) ޝަހީދުކުރެވި، މުއާވިޔާ ޚަލީފާކަމަށް އިސްކުރެވުމާއެކު، މިސްރުގެ ގަވަރުނަރުކަމަށް އަމްރް އިބްން އަލްއާސް (ރއ) އަނެއްކާވެސް އިސްކުރެވުނެވެ. އެހެންނަމަވެސް، އަލީގެފާނު (ރއ) މިސްރުގެ ގަވަރުނަރުކަމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު އިބްން އަބޫބަކުރު އާއި ދެކޮޅަށް އިތުރު ހަގުރާމައެއް ކުރަންޖެހުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް