ads
ކެޖުން ޗިކަން ޕާސްތާ
ސީއެންއެމް ބަދިގެ: ކެޖުން ޗިކަން ޕާސްތާ
ތިރީގައި މިވަނީ ކެޖުން ޗިކަން ޕާސްތާ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

 ލިންގުއިން ޕާސްޓާ (ގާތްގަނޑަކަށް 28 ގްރާމް)

 ބޯންލެސް ޗިކަން

 ސައިސަމްސާ ކެޖުން މަސާލާ

2 މޭޒުމަތީ ސަމްސާ ބަޓަރ

1 ކެޕްސިކަމް (ރަތްކުލައިގެ) ދިގަށް ކޮށާލާފައި

1 ކެޕްސިކަމް (ފެހިކުލަ) ދިގަށް ކޮށާލާފައި

4 މަޝްރޫމް ކޮށާލާފައި

1 ސްޕްރިންގ އޮނިއޮން (ކުދިކޮށް ކޮށާލާފައި)

1 ޖޯޑް ވިޕިންގ ކްރީމް

4/1 ސައިސަމްސާ ހިއްކާފައިހުރި ބޭސިލް ފަތް

4/1 ސައިސަމްސާ ލެމަން ޕެޕަރ

4/1 ސައިސަމްސާ ލޮނު

8/1 ސައިސަމްސާ ލޮނުމެދު (ޗިސްކޮށްފައިހުރި)

8/1 ސައިސަމްސާ އަސޭމިރުސް (މުދުރާފައިހުރި)

4/1 ޖޯޑް ގްރޭޓެޑް ޕާމެސަން ޗީޒް


ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގެ ތެރެއަށް ފެނާއި ކުޑަލޮނުކޮޅެއް އަޅާއިގެން ކައްކާލާށެވެ. އެއަށްފަހު އޭގެތެރެއަށް ޕާސްޓާ އަޅާލުމަށްފަހު 10-8 މިނެޓް ވަންދެން ކައްކާލާށެވެ. ބޯންލެސް ޗިކަން އަދި ކެޖުން މަސާލާ ޕްލާސްޓިކް ކޮތަޅަކަށް އަޅާލާފައި ވަރަށް ރަގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތަވައެއްގެ ތެރެއަށް ބަޓަރ އެޅުމަށްފަހު  އޭގެތެރެއަށް ކުކުޅުތައް އަޅާލުމަށްފަހު އާދައިގެ ގިނީގައި 7-5 މިނެޓް ވަންދެން ކައްކާލާށެވެ.

އެއަށްފަހު އޭގެތެރެއަށް ކޮށާފައިހުރި ކެޕްސިކަމް، މަޝްރޫމް، އަދި ފިޔާ އަޅާލާށެވެ. ހުރިހާ އެއްޗެއް ރަގަޅަށް އެއްކޮށްލާފައި 3-2 މިނެޓް ވަންދެން ކައްކާލާށެވެ. ރަގަޅަށް ކެކެންފެށުމުން އޭގެތެރެއަށް ކްރީމް، ބެސިލް ފަތް، ލެމަން ޕެޕަރ، ލޮނު، ލޮނުމެދު އަދި މުގުރާފައިހުރި އަސޭމިރުސް އަޅާލުމަށްފަހު ހުރިހައި އެއްޗެއް ރަގަޅަށް އެއްކޮށްލާށެވެ.

ހުރިހައި އެއްޗެއް ރަގަޅަށް ރޯފިލުމުން، ކައްކާފައިހުރި ޕާސްޓާ އޭގެތެރޭގައި އެއްކޮށްލާށެވެ. އެއަށްފަހު އޭގެ މައްޗަށް ޗީޒް އަޅާލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް