ads
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް އަދި ޑަޔާނާ
ޑަޔާނާ އިސްލާމްވުން
އިންސާނީ މަސައްކަތާއި ހަލަބޮލި މަޝްހޫރު މަރުހޫމް ޕްރިންސެސް ޑަޔާނާ އިސްލާމްދީނަށް ބަދަލުވުމަށް ވިސްނާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކައިވެންޏާ އަދި އިލްސާމް ދީނާބެހޭ ގޮތުން ޑަޔާނާ ލަފާ ހޯދުމަށް ވާހަކަދެއްކި އިނގިރޭސި ވިލާތުގެ ޝާހީ ފޮޓޯގްރާފަރު އަންވަރު ހުސެއިން ވަނީ މި މައުލޫމާތުތައް ޑަޔާނާ އަވަހާރަވީފަހުން ހިއްސާކުރައްވާފައެވެ.

ވޭލްސްގެ ޕްރިންސެސް ޑަޔާނާ އަކީ އިންސާނީ އެހީތެރިކަމާއި އިނގިރޭސި ޝާހީ އާއިލާގެ މެންބަރެކެވެ. އެއީ ޗާލްސް ތިންވަނަ ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލުންގެ އިތުރުން ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ މަންމަ އެވެ.

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ އެންމެ ގިނަ ދުވަހު ފޮޓޯގްރާފަރުކަން ކޮށްފައިވާ ހުސެއިން ވަނީ ދާދި ފަހުން ޕީޕަލް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޑަޔާނާއާ ދެއްކި ވާހަކައިގެ ތަފްސީލުތައް ހިއްސާކޮށްފަ އެވެ.

ހުސެއިން ހަނދާންވާ ގޮތުގައި ފްލައިޓެއްގައި ދަނިކޮށް ޑަޔާނާ އޭނާއާ ކައިރިވެލައްވައި، "ޗެޓް ކޮށްލެވޭނެތޯ؟" ސުވާލު ކުރެއްވިއެވެ.  

ޑަޔާނާ އިސްލާމްދީނަށް ޝައުގުވެރިވީ 1990 ގެ އަހަރުތަކުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހިތުގެ ސާޖަން އަދި މުސްލިމެއް ކަމަށްވާ ޑރ. ހަސްނަތް ހާންއާއި ހިތާވެގެން އުޅުއްވި ޒަމާނުގައެވެ. 

މަކުރެއްވި ގޮތުގައި ޑަޔާނާ ޚާންގެ ނަން ނުކިޔާ ނަމަވެސް އެދެމީހުންގެ ގުޅުން އޭނާއަށް އެނގޭ ކަމަށް ގަބޫލުކުރި އެވެ.

ޑަޔާނާ ސުވާލު ކުރައްވާފައިވަނީ ތަފާތު ދެ ސަގާފަތެއްގެ ދެ މީހަކު ކައިވެނި ކުރުމުން ދިމާވެދާނެ މައްސަލަތަކާ ގުޅޭގޮތުންކަމަށް އޭނާ ވިދާޅުވިއެވެ. ހުސެއިން ވިދާޅުވާ ގޮތުގައި ޑަޔާނާ ކަންބޮޑުވީ ހާން އާއި އޭނާގެ ގުޅުމަށް އާއިލާއިން ކަންތައް ކުރާނެ ގޮތާއި ކައިވެނި ކުރަން ޖެހިއްޖެ ނަމަ ކުރިމަތިވެދާނެ ސަގާފީ ތަފާތުތަކާ މެދު އެވެ.

ޑަޔާނާ ޑރ. ހާން ދެކެ ލޯބިވެލައ އަޑުފެތުރިފައިވާއިރު، ޑެއިލީ މެއިލް އިން ބުނާ ގޮތުގައި، އެމީހުން ކައިވެނި ކުރެވޭތޯ އިސްލާމްދީނަށް ބަދަލުވުމަށް ވެސް ޑަޔާނާ ވަނީ ވިސްނަވާފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ހާންއާ އެކު އުޅެން ޕާކިސްތާނަށް ބަދަލުވާން ވިސްނާފައިވީ ނަމަވެސް އެންމެ ފަހުން އެ ހިޔާލު ދޫކޮށްލީ އެމީހުންގެ ސަގާފީ ތަފާތުތަކުގެ ސަބަބުން އެދެމީހުންގެ ގުޅުން ކުރިއަށް ގެންދެވޭނެ ކަމާ މެދު ޝައްކު އުފެދުމުންނެވެ. 

ޑރ. ހާންގެ ބައްޕަ އަބްދުއްރަޝީދު ހާން އޭރު ބުނެފައިވަނީ ސަގާފީ ގޮތުން ބޮޑު ތަފާތުތަކެއް ހުރުމުން އެމީހުންގެ ކައިވެނި އަހަރަކަށް ވުރެ ގިނަ ދުވަހު ދެމިގެން ދިއުމަކީ ވެސް ނާދިރު ކަމެއްކަމަށެވެ. އެ ކައިވެންޏަކީ "ތަފާތު ދެ ޕްލެނެޓެއް" ދެމީހުން ކަމަށް ހާންގެ ބައްޕަ ބުނެފައިވެއެވެ. 

ޕްރިންސެސް ޑަޔާނާ 1997 ވަނަ އަހަރު ފިލްމު ޕްރޮޑިއުސަރު ޑޯޑީ އަލް ފައިދުއާ އެކު ދަތުރުކުރައްވަނިކޮށް، ކާރު އެކްސިޑެންޓެއްގައި ހިތާމަވެރި ގޮތެއްގައި އަވަހާރަވުމުން ޑރ. ހާން އާއިއެކު ދިރިއުޅުމުގެ އަދި އިސްލާމްދީނަށް ބަދަލުވުމުގެ ފުރުސަތު ނިމުމަކަށް އައެވެ.

އިސްލާމްދީނަށް ޑަޔާނާ ޝައުގުވާ ވާހަކަ މަދު ބަޔަކާ ހިއްސާކުރައްވާފައި ވީނަމަވެސް،، އެކި ސަގާފަތްތަކާއި ދީންތަކާ މެދު އޭނާގެ ޝައުގުވެރިކަމާއި ވިސްނުން ހުޅުވިފައިވާކަން ގިނަބަޔަކަށް އެނގެއެވެ. މީގެ ވިހި އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ކުއްލިގޮތަކަށް އަވަހާރަވުމުން އާންމުންގެ ގިނަބަޔަކު އޭނާއާމެދު ހަމްދަރުދީވެ ދިރިއުޅުމަށް ޝައުގުވެރިވެއެވެ. 

ގެދޮރު ނެތުމާއި ކެންސަރާއި އެއިޑްސް އަށް ހޭލުންތެރިކުރުމާއި ރައްކާތެރިވުން ފަދަ މުހިންމު ސަބަބުތަކަށް ޑަޔާނާ ވަކާލާތު ކުރެއްވި އެވެ. ޕްރިންސެސް ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އުމުރުން 36 އަހަރުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް