ads
ޕޮޓޭޓޯ ސެލެޑް
ސީއެންއެމް ބަދިގެ: ޕޮޓޭޓޯ ސެލެޑް
ތިރީގައި މިވަނީ ޕޮޓޭޓޯ ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 4-5 މީޑިއަމް ސައިޒުގެ އަލުވި (ކުދިކޮށް ކޮށާފައި)
  • 1/2 ޖޯޑު މެޔޮނައިސް
  • 3 ބިސް (ފެނުކައްކާފައި)
  • 1/2 ސައިސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް:

އަލުވިތައް މަޑު ވަންދަން ފެނު ކައްކާށެވެ. އެއަށްފަހު ހިހޫ ކުރަން 5 މިނެޓު ބަހައްޓާށެވެ. އޭގެ ތެރެއަށް މެޔޮނައިސް، ލޮނު އަޅާފައި މިކްސް ކުރާށެވެ. ފެނުކައްކާފައި ހުރި ބިސް ކޮށުމަށްފަހު އޭގެ ތެރެއަށް އަޅާށެވެ. ދެން ބިސްތައް ޗިސް ނުވާ ވަރަށް މިކްސް ކުރާށެވެ. ފިނި ކުރުމަށްފަހު ސާވް ކުރާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް